ޔާމީނަށް މަރުހަބާ ކިޔަން ނިކުތް ފެނަކައިގެ މުވައްޒިފަކު ސަސްޕެންޑްކޮށްފި

ޔާމީނަށް މަރުހަބާ ކިޔަން ނިކުތް ފެނަކައިގެ މުވައްޒިފަކު ސަސްޕެންޑްކޮށްފި

Author
މުޙައްމަދު ޝަޒައިމް
14 ނޮވެމްބަރ 2022 10:31
0

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން މިދިޔަ ހަފްތާގައި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނިކުތް ފެނަކައިގެ މުވައްޒިފަކު ސަސްޕެންޑްކޮށް އޭނާގެ މައްސަލަ ބަލަން ފަށައިފިއެވެ.

ފެނަކަ އިން ސަސްޕެންޑް ކޮށްފައި ވަނީ އެކުންފުނީގެ މުވައްޒަފެއް ކަމަށްވާ މުހައްމަދު ދީދީގެ މައްސަލައެކެވެ. އޭނާގެ މައްސަލަ ބަލަމުންދާއިރު، ފެނަކައިން އޭނާއަށް ފޮނުވި ސިޓީ ވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. ފެނަކަ އިން މުހައްމަދު ދީދީއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ މުހައްމަދު ދީދީގެ މައްސަލައެއް ތަހްގީގު ކުރަމުން ގެންދާތީ މިއަދުން ފެށިގެން 30 ދުވަހަށް އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ފެނަކަ އިން މުހައްމަދު ދީދީއަށް ފޮނުވި ސިޓީގައި އޭނާގެ މައްސަލަ ބަލާތީ ސަސްޕެންޑް ކުރުން ފިޔަވައި އިތުރު އެއްޗެއް ބުނެފައިނުވެއެވެ. ނަމަވެސް މިމައްސަލައަކީ ސީދާ ރައީސް ޔާމީންގެ ދަތުރާއި ގުޅިގެން އެޅި ފިޔަވަޅެއްކަމަށް އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.

ޔާމީނަށް މަރުހަބާ ދަންނަވަން ދިޔަ މުވައްޒަފު ސަސްޕެންޑް ކުރުމާއި ގުޅޭ ގޮތުން ފެނަކަ އިން އެއްވެސް އެއްޗެއް ނުބުނެއެވެ. މީގެ ކުރިން ވެސް ފެނަކަ އިން ވަނީ ޕީޕީއެމްއަށް ސަޕޯޓް ކުރި އެތައް މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.