ވެރިކަން ކުރާ މައި ޕާޓީއަށް އީސީގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ސޮއިކުރެއްވިއިރު އިތުރު ބަޔަކުވެސް އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
މުލިއާގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަރީފްގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހުމަދު އަކްރަމާއި، ރައީސް ޔާމީންގެ ސަރުކާގެ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ހަނީފްއާއި، ޤާނޫނީ ވަކީލް ފަރީދުވެސް ވަނީ އެމްޑީޕީއަށް ސޮއި ކުރައްވާފައެވެ.
މިއަދު އެމްޑީޕީއާއި ގުޅުނު މެމްބަރުންގެ ތެރެއިން އިލެކްޝަން ކޮމިޝަންގައި މަސައްކަތް ކުރެއްވި އެކޮމިޝަންގެ ރައީސް ޝަރީފާއި، ނައިބް ރައީސް އަކުރަމް އެމްޑީޕީއަށް ސޮއި ކުރެއްވުމުން ބައެއް ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ. ޚާއްސަކޮށް ވާދަވެރި އަދި މީގެ ކުރިން ޝަރީފް ނިސްބަތްވާ ޕީޕީއެމްއިން ބުނެފައިވަނީ މިއީ މާކުރިންވެސް ރޭވިގެން ހިނަގމުންދާ ކަމެއްކަމަށެވެ.
Adhi meege ithurun Elections Commission ge kureege Naib Raees @akram4535 aai Gaanoonee Vakeel @almfareedh adhi @ibrahim_hanyf MDP ah soi kuravvaifi pic.twitter.com/2XQEwPy5lj
— MDP Secretariat (@MDPSecretariat) November 13, 2022
މިފަހުން އެމްޑީޕީން ގެންދަނީ އެޕާޓީ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، މީގެ ކުރިން އެޕާޓީގައި އުޅުއްވި ބައެއް ބޭފުޅުންވެސް ޕާޓީއަށް ވައްދަމުންނެވެ. އެގޮތުން ރައީސް ނަޝީދުގެ ބާރު އެމްޑީޕީގެ ލީޑަރޝިޕްގައި އޮއްވައި ޕާޓީން ބޭރުކޮށްލި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކުވެސް ވަނީ އެޕާޓީއަށް ސޮއި ކޮށްފައެވެ.
އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެޕާޓީ ވަރުގަދަ ކުރަމުންދާއިރު، އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ރަސްމީކޮށް އަދި ފައިނަލް ކޮށްފައި ނުވެއެވެ. އިންތިޚާބުގައި ވާދަކުރާނެކަމަށް ބޮޑަށް ބެލެވޭނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއެވެ.
ކޮމެންޓު ފޮނުވާ