އަލިފާނުގެ ހާދިސާގައި ނިޔާވި 9 މީހަކު ދެނެގަނެވިއްޖެ

އަލިފާނުގެ ހާދިސާގައި ނިޔާވި 9 މީހަކު ދެނެގަނެވިއްޖެ

Author
މުޙައްމަދު ޝަޒައިމް
11 ނޮވެމްބަރ 2022 02:29
0

އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ތެރެއިން 9 މީހުން ދެނެގަނެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ބުދަ ދުވަހުގެރޭ މ.ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ 10 މީހުންގެ ތެރެއިނ މިހާތަނަށް ހަށިގަނޑު ދެނެގަނެވިފައިވަނީ 9 މީހެއްގެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަށިގަނޑު ދެނެގަނެވިފައިވަނީ:

– އިންޑިއާގެ 3 އަންހެނަކާއި، ބަންގްލަދޭޝްގެ އަންހެނެއް
– އިންޑިއާގެ 4 ފިރިހެނަކާއި، ބަންގްލަދޭޝްގެ ފިރިހެނެއް

މިހާދިސާގައި ނިޔާވި މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ޔަގީން ނުވާކަމަށާއި، އެއީ ފިރިހެއްނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހާދިސާގައި ނިޔާވި މީހުންގެ ހަށިގަނޑުތައް ވަރަށް ބޮޑަށް އަނދާފައިވާތީ އެމީހުން ވަކިކުރަން ނޭނގޭ ވަރަށް ސިފަ ގެއްލިފައިވާ ކަމަށް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ. ފުލުހުން ވިދާޅުވީ، އެމީހުން ދެނެގަތުމުގެ މަސައްކަތްކުރީ، އާންމުންނަށް ހުޅުވާލައިގެން ލިބުނު މަޢުލޫމާތާއި ފުލުހުން ހެދި ކްރޮސް މެޗްތަކުން ކަމަށެވެ. އެގޮތުން ފުލުހުން އިއްޔެ ވަނީ ބުދަ ދުވަހުގެ ރެއިން ފެށިގެން ވާނުވާ ނޭނގި ގެއްލިފައިވާ ބިދޭސީންގެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.