ރައީސް ޞާލިހާއި، ނަޝީދަކީ އެކައްޗެއް، އަޒުމަކީ ދެމީހުންވެސް ބަލިކުރުން: ޝުޖާ

ރައީސް ޞާލިހާއި، ނަޝީދަކީ އެކައްޗެއް، އަޒުމަކީ ދެމީހުންވެސް ބަލިކުރުން: ޝުޖާ

ގުޅުންހުރި

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އެޕާޓީގެ އިސް ލީޑަރު ރައީސް ޞާލިހަކީ އެކައްޗެއް ކަމަށާއި، އަޒުމަކަށް ވާންވީ އެެބޭފުޅުންވެސް ބަލިކުރަން ކަމުގައި އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ތެރޭގައި ޚިޔާލްތަފާތުވުން ބޮޑުވެ، ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ފެކްޝަނުން ވާދަވެރި ރޫހެއްގައި މަސައްކަތް ކުރަމުންދާއިރު ގިނަބައެއްގެ ސަމާލުކަމަށް މިކަންވަނީ އައިސްފައެވެ. ޚާއްސަކޮށް ކުރީގެ އެމްޑީޕީން ބޭރުކޮށްލި މީހުން އެޕާޓީއަށް އަލުން ގެނެސް ޕާޓީ އަލުން ވަރުގަދަ ކުރަމުންދާ މަސައްކަތަކީ ރައީސް ނަޝީދުގެ ބާރު ދެރަ ކުރަން ކުރާ މަަސައްކަތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިވާހަތަކާއި ގުޅިގެން ޝުޖާ ވިދާޅުވީ ކިތަންމެ ވަރަކަށް ނޫކަމަށް ހެދިގެން އުޅުނު ކަމުގައި ވީނަމަވެސް ރައީސް ނަޝީދާއި، ރައީސް ޞާލިހަކީ އެކައްޗެއްކަމަށެވެ. މިދެބޭފުޅުން ރައްޔިތުންނަށް އޮޅުވާލަން އުޅުނު ނަމަވެސް އެކަމުގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ މެމްބަރުން ނުޖެހުމަށް ޝުޖާ ވަނީ ގޮވާލާފައެވެ.

އެމް.ޑީ.ޕީ ގެ ރައީސް އަދި އެޕާޓީގެ އިސް ލީޑަރު، ދެބޭފުޅުން ގުޅިގެން ކުޅޭ ޑްރާމާގައި ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ސަޕޯޓަރުން ނުޖެހުމަށް ދަންނަވަން. މިދެމީހުންނަކީ އެކަށްޗެއް. ދެމީހުން އެއްބަސްކިޔާގެން މިއޮތީ ޤައުމު ވިއްކާލާފަ. އަޅުގަނޑުމެންގެ އަޒުމަކަށް ވާންވާނީ މިދެމީހުންވެސް ބަލިކުރުން.

– ޝުޖާ ވިދާޅުވިއެވެ.

އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އަދި ސިޔާސީ މަަސައްކަތުގައި ރާއްޖޭގައި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނޭ ރީކޯ މޫސަ އެމްޑީޕީން ވަކިކުރީ ރައީސް ނަޝީދުގެ ލީޑަރޝިޕްގައި 2016 ވަނަ އަހަރުއެވެ.

އެމްޑީޕީން ވަކިކުރުމުން މޫސަވަނީ ރައީސް ޔާމީނާއިއެކު ޕީޕީއެމްގައި މަސައްކަތް ކުރައްވައި، ރައީސް ޔަމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށްވެސް މަސައްކަތް ކުރައްވާފައެވެ. ސިޔާސީ ގޮތުން މޫސާ މަނިކަކީ އަބަދުވެސް ރައީސް ނަޝީދާއި ދެކޮޅު ބޭފުޅެއްކަން ފާހަގަވެއެވެ. އަދި މޫސަ ގެންދަވަނީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކީ ރައީސް ނަޝީދު ޕާޓީން ދުރަށް ޖެހިވަޑައިގަތުމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ