ޕާޓީ ތެރޭ ފިތިގެން އެކްޓަރު ލީ ޖިހާން މަރުވެއްޖެ

ޕާޓީ ތެރޭ ފިތިގެން އެކްޓަރު ލީ ޖިހާން މަރުވެއްޖެ

Author
ފާތިމަތު ނާވީ
03 ނޮވެމްބަރ 2022 08:14
0

ދެކުނު ކޮރެއާގައި ބޭއްވި ހެލޮވީން އެއްވުމެއްގެ ތެރޭގައި ފިތި ބާރުވެގެން އެތައް ބަޔަކު މަރުވި ހާދިސާގައި އެގައުމުގެ އެކްޓަރު އަދި ލަވަކިޔުންތެރިޔާ ޖީ ލިހާން ވެސް ހިމެނިއްޖެ އެވެ.

މިހާދިސާގައި އޭނާ އާއި އެކުގައި 151 މީހުން ވަނީ މަރުވެފައިއެވެ. ފިތި ބާރުވެގެން ހިނގި މިހާދިސާގެ އެތަށް ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާވެސް ލިބިފައިއެވެ. އާންު ވެފައިވާ ވީޑިއޯ ތަކާއި ފޮޓޯ ތަކުންވެސް އެތަނަކަށް ގިނަބަޔަކު ޖަމާވެފައިވާތަށް ފެނެއެވެ.

ލީގެ އެޖެންސީ "935 އެންޓަޓައިންމަންޓް" އިން ވަނީ މި ޚަބަރު ކަށަވަރުކޮށްދީފަ އެވެ. އޭނާ އެގައުމުގެ މުނިފޫހި ފިލުވުމުގެ ދާއިރާއަށް ނުކުމރފައިވަނީ 2017 ވަނަ އަހަރުގައިއެވެ.

24 އަހަރުގެ ތަރިއަކީ އެކްޓް ކުރުމުގެ އިތުުރުން ލަވަކިޔުމާއި މޮޑެލް ވެސް ކުރާ މީހެކެވެ. އަދި އޭނާ އަކީ މިހާރު ކޮރެއާގެ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި އަރަމުން އަންނަ ޒުވާން ތަރިއެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.