މިސަރުކާރުން އަޅާ ފްލެޓުތައް މެއި މަހަށް ނިމޭނެ: ހައުސިންގ މިނިސްޓްރީ

މިސަރުކާރުން އަޅާ ފްލެޓުތައް މެއި މަހަށް ނިމޭނެ: ހައުސިންގ މިނިސްޓްރީ

ސަރުކާރުގެ ބޯހިޔަވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ޢިމާރާތްކުރަމުން އަންނަ ފްލެޓުތަކުގެ މަސައްކަތް ނިންމާ ބައެއް ފްލެޓުތަކުގައި އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި މީހުން ދިރިއުޅެވޭވަރުވާނެކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ. ހައުސިންގ މިނިސްޓްރީން ވަނީ ހުޅުމާލޭޣައި ޢިމާރަތްކުރަމުން އަންނަ ފްލެޓުތައް އިއްޔެ ނޫސްވެރިންނަށް ދައްކާލާފައެވެ.

ހައުސިން މިނިސްޓްރީން ދިން މަޢުލޫމާތަށް ބަލާއިރު، މާލެ ސަރަހައްދުގައި މިސަރުކާރުން 6،175 ފްލެޓް ޢިމާރާތްކުރަމުން އާދެއެވެ. އޭޣެތެރއިން 4000 ފްލެޓަކީ ގެދޮރުވެރިން ސްކީމްގެ ފްލެޓުތަކެވެ. މި ފްލެޓުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ނުފެށެނީ މަދު ފްލެޓުތަކެއްގައެވެ. މި ޕްރޮޖެކްޓްގައި ހިމެނެނީ 2 ކޮޓަރީގެ 1200 ހައުސިން ޔުނިޓާ، 3 ކޮޓަރީގެ 2800 ހައުސިން ޔުނިޓެވެ. 2 ކޮޓަރީގެ އެޕަރޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. އަދި 3 ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެކެވެ.

ހައުސިންގ މަޝްރޫޢއާއި ގުޅޭ މަޢުލޫމާތު ދެއްވަމުން، ހައުސިން މިނިސްޓްރީން ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ، ސަރުކާރުން ކުންފުނިތަކާ ހަވާލުކޮށްގެން މާލެ އާއި ހުޅުމާލޭގައި 54 ޓަވަރެއް ހެދުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިހާރު ކުރިއަށް ގެންދާކަމަށެވެ. ހައުސިން މިނިސްޓްރީން ނޫސްވެރިންނަށް ދައްކާލީ 23 ޓަވަރެކެވެ.

ސަރުކާރުގެ އަމާޒަކީ މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ މީހުންނަށް ވެސް އަތްފޯރާއަގެއްގައި ފްލެޓް ލިބޭނެ ގޮތަށް ހައުސިން މަޝްރޫއުތައް ހިންގުންކަމަށް އާރިފް ވިދާޅުވިއެވެ. މި މަޝްރޫއުތަކުގެ އަގު ކޮންޓްރޯލްކުރާނެ ކަމަށާއި އެ ފެލްޓްތައް ދިނުމުގައި އަލަށް ފެލްޓް ގަންނަ މީހުންނަށް އިސްކަންދިނުމަށްވެސް ނިންމާފައިވާކަމަށް އާރިފް ވިދާޅުވިއެވެ.

ސަރުކާރުން ގެދޮރުވެރިން މަޝްރޫޢުއަށް ހުލުވާލި ފުރުޞަތުގައި 20،000އަށް ވުރެ ގިނަ މީހުން ފްލެޓަށް ކުރިމަތިލިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *