އެމްޓީސީސީން ހަންޏާމީދޫ ބަނދަރުގެ ޖާގާގެ ދަތިކަމަށް ހައްލުގެނެސްދީފި

އެމްޓީސީސީން ހަންޏާމީދޫ ބަނދަރުގެ ޖާގާގެ ދަތިކަމަށް ހައްލުގެނެސްދީފި

Author
މުޙައްމަދު ޝަޒައިމް
01 ނޮވެމްބަރ 2022 08:50
0

ލަފާ ފުރުމަށް ދަތިކަން ޙައްލުގެނެސް ޖާގަތަނަވަސް ބަނދަރެއް ލިބުމަށް އެދި އދ.ހަންޏާމީދޫ ރައްޔިތުން ދެކެމުންއައި ހުވަފެން އެމްޓީސީސީން ހަގީގަތަށް ހަދައިދީފިއެވެ.

ހަންޏާމީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ 50.32 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މާޝްރޫޢުއެކެވެ. 736 މީހުންގެ އާބާދީގެ އދ. ހަންޏާމީދޫއަކީ ލޯކަލް ޓުއަރިޒަމްގައި ކުރިއަރަމުން އަންނަ ރަށަކެވެ. އެގޮތުން ހަންޏާމީދޫގެ ރައްޔިތުން އާމްދަނީ ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވާ ސިނާއަތަކީވެސް ފަތުރުވެރިކަމެވެ.

ރަށުގައި އުޅޭ ގިނަ މީހުން އާމްދަނީ ހޯދަނީ ކައިރީގައި ހުންނަ އެކިއެކި ރިސޯޓްތަކުގައި ވަޒީފާ އަދާކޮށްގެން ނުވަތަ އަމިއްލައަށް ގެސްޓްހައުސް ވިޔަފާރިކޮށްގެންނެވެ. މި ރަށުގައި މިހާރުވެސް 12 ގެސްޓްހައުސް އާއި އެކު 100 އަށްވުރެ ގިނަ އެނދު އެބަހުއްޓެވެ. އަދި ގެސްޓްހައުސް ވިޔަފާރިއާއިއެކު މި ރަށުގައި ޑައިވިންގ ދޯނިފަހަރު، ލޯންޗް އަދި ޑިންގީތައް ވަނީ ބޮޑުތަނުން އިތުރުވާން ފަށާފައެވެ. އަދި ލޯކަލް ޓުއަރިޒަމާ އެކު ފަރުމަހުގެ މަސްވެރިކަން ފުޅާވެ "ބިގް ގޭމް ފިޝިންގ" އަދި އެކްސްކާރޝަންސް އަށް އޮތް ތަރުހީބު އިންތިހާއަށް ބޮޑުވުމާއެކު، މި ރަށުގައި ކުރީގައި އޮތް މުސްކުޅި ބަނދަރުގެ ބަދަލުގައި، ޒަމާނީ ރީތި ބަނދަރެއް މިއަދު ލިބިގެން ދިޔުމަކީ ރައްޔިތުންނަށް އެތައް ލުއިފަސޭހައަކާއި، ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމެއްކަމުގައި އެމްޓީސީސީން ދެކެއެވެ.

އަދި މުސްކުޅި ބަނދަރު ބާވެ މަރާމާތަށް ބޭނުންވެފައި އޮއްވާ، ބަނދަރަ ށް ޖާގަ އިތުރުވެ، ބޭރުފަރާތު ގައު ތޮށި ހިލަ ތޮއްޓަކަށް ބަދަލުކުރެވި، ނުނިމިއޮތް އެއްގަމު ތޮށި އެއްކޮށް ނިމިގެން ދިޔުމާއެކު އޮޑި ދޯނިފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ހަންޏާމީދޫގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

ބަނދަރު ތަރައްޤީކުރެވި ފުރިހަމަވެގެންދިޔުމަކީ އިޤްތިސާދީގޮތުން ބެލިކަމުގައި ވިޔަސް މިކަމުގެ ފައިދާ ހަންޏާމީދޫގެ ރައްޔިތުންނަށް އިންތިހާއަށް ލިބިގެންދާނެ މުހިއްމު މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން، 363,6 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 330,1 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ޖެޓީއެއް ހެދުމާއި، މޫރިން ބޮއެ އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.