"ދައުލަތުގެ ފައިސާގަ ރައީސް ޖެހިފައިވާކަމުގެ ތުހުމަތު ސީރިއަސް"

"ދައުލަތުގެ ފައިސާގަ ރައީސް ޖެހިފައިވާކަމުގެ ތުހުމަތު ސީރިއަސް"

Author
މުޙައްމަދު ޖިމީ
21 ނޮވެމްބަރ 2020 12:10
0

ދައުލަތުގެ ފައިސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޖެހިވަޑައިގެންފައިވާކަމަށް ކުރެވޭ ތުހުމަތުތައް ސީރިއަސްކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފުރަތަމަ ނާއިބު ރައީސް ޑރ.ޖަމީލް ވިދާޅުވީ ރައީސް ޞާލިޙް ދައުލަތުގެ ފައިސާގައި ޖެހިފައިވާކަމަށް ކުރެވޭ ތުހުމަތުތަކަކީ ސީރިއަސް މައްސަލައެއްކަމަށެވެ. ޖަމީލް އެ އިޝާރާތްކުރައްވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ރައީސް ޞާލިޙް ޖެހިފައިވާކަމަށް ކުރެވޭ ތުހުމަތުތަކަށެވެ.

ޑރ.ޖަމީލް ވިދާޅުވީ ރައީސް ޞާލިޙް، އަދީބުއާއެކު މިހާރުވެސް އަޑިނޭނގޭ އެއްބަސްވުން އެކުލަވާލަނީ "ކޮމްޕްރޮމައިޒް"ވެފައި ހުންނެވުމުންކަމަށް ތުހުމަތުކުރެވޭކަމަށެވެ. އަދި ޓެކްސް ނުވަތަ ޖޫރިމަނާގެ ނަމުގައި ނަންގަވާ ފައިސާއިން ސީދާ ކޮރަޕްޝަން ހިންގަވާކަމަށް ޖަމީލު ވަނީ ތުހުމަތުކުރައްވާފައެވެ. އަދި ކޮރަޕްޝަންގެ ތުހުމަތުތައް ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރައްވަނީ ރައީސް ޞާލިޙް އަމިއްލަފުޅަށް ފެއިލްވެފައިވާކަން ފޮރުވުމަށްކަމަށްވެސް ޖަމީލް ތުހުމަތުކުރެއްވިއެވެ.

ރައީސް ޔާމީނަށް އިނގިލި ދިއްކުރައްވަނީ އަމިއްލަފުޅަށް ފެއިލްވެފައިވާކަން ފޮރުވަން. ނާގާބިލްކަން ކޮންމެ ދިމާލަކުން އެބަފެނޭ. މުޅި ގައުމު ފަގީރުވެއްޖެ. އަމިއްލަ ޕާޓީތެރޭގަވެސް ހުޅުރޯވެފަ. އަސްލުވެރިމީހާ ހުންނެވީ މަޖްލީހުގައި، މަނިކުފާނު ހަމައެކަނި ވަގުތު ގުނަނީ

– ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު

ޑރ.ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުކަމުގައި ހުންނެވިއިރު، އެޕާޓީގެ މަޖިލިސް ގިނަ މެންބަރުން އެމްއެމްޕީއާރުސީގެ ފައިސާ ވޯޓު ދިނުމަށް ނަންގަވާފައިވާކަމަށް އިދިކޮޅު ފަރަތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ. އަދި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ކޮށްފައިވާ ޖަލުހުކުމް ލުއިކޮށްދެއްވާ، ގޭބަންދަށް ބަލުކޮށްދީފައިވަނީވެސް އެފައިސާގައި ޖެހިވަޑައިގެންފައި ތިއްބެވި މިސަރުކާރުގެ ބޭފުޅުންގެ ނަންތައް ހާމަނުކުރެއްވުމަށް ޝަރުތުކޮށް ސަރުކާރާއެކު ހަދާފައިވާ ޑީލްތަކުންކަމަށްވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.