ނޭޝަނަލް އެވޯޑް ހޯދާފައިވާ ޑައިރެކްޓަރ އާޝިމް އަހުލުވާލިއާގެ ކުރިއަށް އޮތް ފިލްްމަށް ސޮނާކްޝީ ސިންހާ އާއި އެކުގައި، ވާނީ ކަޕޫރު ސޮއި ކޮށްފައިވާ ކަމަށް ޚަބަރުތަށް ބުނެފިއެވެ.
ބަތަލާ އާއި އެކުގައި ކުޅޭ ދެވަނަ ފިލްމް އަށް ސޮނާކްޝީ ސޮއި ކުރި އިރުގައި އޭނާ ވަނީ ބަތަލާ ހުމާ ގުރައިޝީ އާއި އެކުގައިވެސް ފިލްމްއެއް ކުޅެފައިއެވެ. އެ ފިލްމްއަކީ އަންނަ މަހު ސިނަމާތަކަށް ގެންނަން ތައްޔާރުވަމުން އަންނަ "ޑަބަލް އެކްސްއެލް" އެވެ.
މި ފިލްމް އަކީ ފަލަ މީހުންނަށް ދިމާވާ ކަނތަށް ތަކެއް ދައްކުވައިދޭނެ ފިލްމްއެކެވެ. މި ކޮމެޑީ އަކީ ކުރީގެ ވަރަށް މަޝްހޫރު ފިލްމެއް ކަމަށްވާ "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމޭކް 2019 ގައި ގެނެސްދިން މުދައްސަރު އަޒީޒު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ސޮނާކްޝީ އާއި ވާނީ ލީޑުން އެކުގައި ފެނިގެންދާ ފިލްމް އަކީ "އަ ގާލް އިން ދަ ޔެލޯ ސޫޓްކޭސް" ނަމަކަށް ކިޔާ ފިލްމްއެކެވެ. މި ފިލްމްގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށާނެ ކަަމަށް ބޮލީވުޑްގެ ހަބަރުތަށް ގެެނެސްދޭ ނޫސްތަކުން ބުނެއެވެ.
ސޮނާކްޝީ ގެ ކުރިއަށް އޮތް ފިލްމް އަކީ ހުމާ އާއި އެކުގައި ފެނިގެންދާ "ޑަބަލް އެކްސްއެލް"އެވެ. ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގައިއެވެ. ވާނީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ރަންބީރު ކަޕޫރާއި އެކުގައި "ޝަމްޝޭރާ" އިންނެވެ.
ކޮމެންޓު ފޮނުވާ