މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި

Author
ޢަލީ އާދަމް
20 ނޮވެމްބަރ 2020 11:55
0

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ބ. މާޅޮސް، ކީސްފިލާ، ޢަބްދުﷲ މުޢާޒު (30އ) ކަމަށް ފުލުހުން ބުނެއެވެ.

މިހިނގާ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު 15:45 ގައި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން ޢަބްދުﷲ މުޢާޒު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައެއް ނުވާކަމަށް ފުލުހުން ބުނެއެވެ.

ޢަބްދުﷲ މުޢާޒު އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ކަޅު ތިކިތަކެއް ޖަހާފައިހުރި ނޫކުލައިގެން ޓީޝާޓަކާއި ގަދަ މުށިކުލައިގެ ފަޓުލޫނެއް ކަމަށް ފުލުުހުން މައުލޫމާތުދެއެވެ.

ޢަބްދުﷲ މުޢާޒާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ހިއްސާކޮށްދިނުމަށް ފުލުހުން އެދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.