މޮޔަ ރަހުމަތްތެރިންގެ ސަބަބުން ތިމާގެ ގަދަރު ވެއްޓިގެން ދާނެ: ޚުތުބާ

މޮޔަ ރަހުމަތްތެރިންގެ ސަބަބުން ތިމާގެ ގަދަރު ވެއްޓިގެން ދާނެ: ޚުތުބާ

Author
ހުސެއިން
14 އޮކްޓޯބަރ 2022 01:22
0

ތަގުވާވެރި ވިސްނުން ތޫނު އެކުވެރީންގެ ސަބަބުން ތިމާ އަބަދުވެސް ކުރި އަރާނެ ކަމަށާއި، މޮޔަ ރަހުމަތްތެރިންގެ ސަބަބުން ތިމާގެ ޤަދަރު ވެއްޓިގެން ދާނެކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

"ހެޔޮލަފާ ރަޙުމަތްތެރިން އިޚްތިޔާރު ކުރުން" މި މައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެފައިވަނީ، މާތްﷲ އަށްޓަކާ އުފެދޭ ރަހުމަތްތެރިކަން ދެމި އޮންނާނީ އެކަލާނގެއަށް ކިޔަމަންގަތުމުގެ މަތީގައި ކަމުގައެވެ. އަދި އޭގެ ތެރެއިން އެކެއްގެ އުސޫލާއި އުޅުން ނުބައިވެއްޖެނަމަ އަނެކަކު އޭނާއާއި ދުރުހެލިވެ، ރަހުމަތްތަތެރިކަން ކަނޑާލާނެ ކަމަށާއި، ކީރިތި ރަސޫލާގެ އަޞްޙާބު ބޭކަލުން އެބޭކަލުންގެ މެދުގައި ރަޙުމަތްތެރިކަން ބަދަހި ކުރެއްވުމަށްޓަކާ، އެއްބޭކަލަކު އަނެއްބޭކަލަކަށް ހެޔޮ ކަންތައްތައް ކުރުމުގައި އެހީތެރިވެ، އެއްބާރުލުން ދެއްވިކަންވެސް ޚުތުބާގައި ބަޔާން ކޮށްފައި ވެއެވެ.

ޚުޡުބާގައި ވިދާޅުވި ގޮތުގައި ތަޙްމަތްތެރިންނަކީ ވަޖިބުތައް އަދާކުރުމުގައްޔާއި ޙައްގުތަކަށް ރައްކާތެރި ވުމުގައި އެހީވެދޭ ބައެއްނަމަ އެއީ ހެޔޮ ރަގަޅު ރަޙުމަތްތެރީންކަން ބަޔާން ކުރައްވަމުން މިފަދަ ރަޙުމަތްތެރީންގެ ރަހުމަތްތެރިކަން ދެމެހެއްޓުމަށް ޚުޡުބާގައި އިލްތިމާސް ކޮށްފައި ވެއެވެ.

ރަޙުމަތްތެރީންނަކީ، ވާޖިބުތައް އަދާ ކުރުމުގައްޔާއި، ޙައްޤުތަކަށް ރައްކާތެރިވުމުގައި އެހީވެދޭ ބައެއްނަމަ އެއީ ހެޔޮ ރަގަޅު ރަޙުމަތްތެރީންނެވެ. ރަގަޅު ރަޙުމަތްތެރިއަކީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބީގެ މަގަށް އެމީހާ މިސްރާބު ކޮށްދޭނެ މީހެކެވެ.

ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ޚުތުބާގައި ވިދާޅުވި ގޮތުގައި، މާތްﷲގެ ވަޖުހުފުޅައްޓަކާ ލޯބިވާ މީހަކީ އެކަނލާގެ އަމުރުފުޅަށް ރަގަޅަށް ކިޔަމަން ގަންނަ މީހަކުކަމުގައި ވާންޖެހޭނެއެވެ. އަދި މީހަކުދެކެ ލޯބިވާނަމަ ލޯބިވާން ޖެހޭނީ ﷲގެ ވަޖުފުޅަށްޓަކާ ކަމަށާއި، ނަފްރަތްތެރިވާނަމަ ނަފްރަތްތެރި ވާންޖެހޭނީވެސް ﷲގެ ވަޖުހުފުޅަށްޓަކައެވެ.

މީހެއްގެ ފަރާތުން ލިބިދާނެ ފައިދާއަކަށްޓަކާ، ނުވަތަ މީގެއްގެ ކިބައިގައި ހުރި މޮޅުކަމަކަށްޓަކާ އެމީހަކު ދެކެ ލޯބިވުމަކީ އެހެން ބާވަތެއްގެ ރަހުމަތްތެރި ކަމެކެވެ. ﷲގެ ވަޖުހުފުޅަށްޓަކާ މީހަކު ދެކެ ލޯބިވާ ވުމުގެ ނަތީޖާ ފެންނާނީ އެކަމުގައި ހުރި އިޚްލާސްތެރިކަމެއްގެ ސަބަބުންނެވެ. މާތްﷲއަށް ޓަކައި ލޯބިވާ ދެ އެކުވެރިން ތިބޭނީ މާތްﷲގެ ޙިމާޔަތާއި ރައްކައުތެރި ކަމުގައެވެ.

ޚުތުބާގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.