ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައެއްގައި މީހަކު ހޯދަނީ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައެއްގައި މީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
10 އޮކްޓޯބަރ 2022 03:20
0

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދިވެހި ފިރިހެނަކު ހޯދަން ފުލުހުން އިދާރާއިން އިއުލާނުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ ޏ. ފުވައްމުލައް. ދޫޑިގަން / ނިއުވެލީ، އިބްރާހިމް ޝާހީން (35އ) އެވެ.

ފުލުހުންގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ލ. ގަން ޕޮލިސްއިން ތަހުގީގް ކުރަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ޝާހީން ހާޒިރުކުރުމަށް ބޭނުންވާ ކަމަށެވެ.

ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި ޝާހީން އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ޝާހީން ހޯދަމުން ދަނީ މައްސަލައާއި ގުޅިގެން މައުލޫމާތު ސާފުކޮށް ސުވާލު ކުރުމަށް ކަމަށާއި މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 2:00 އަށް ޝަހީދު ހުސެން އާދަމް ބިލްޑިން ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް ދިއުމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އިއުލާނުގެ ވަނީ ޝާހީން އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލ. ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791261 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.