މިހާރު ކުރިޔަށްދާ، ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި ޔާމިންގެ ދިފާއުގައި، ހެކިބަސް ދީފައިވާ ކުރީގެ ދެ ވަޒީރުން ކަމުގައިވާ އޭރުގެ އިކޮނޮމިން މިނިސްޓަރ މުހައްމަދު ސައީދުއާއި އޭރުގެ ޔޫތު މިނިޓަރ އަހުމަދު ޒުހޫރުގެ ހެކިބަސް ނަފީ ކުރުމަށްޓަކާ ދައުލަތުން، އިވައިސީގައި އެ ދެބޭފުޅުން އޭރު ސޮއި ކޮށްފައިވާ ޔައުމިއްޔާތައް ޝަރީއަތަށް ހުށަހަޅުއްވައިފިއެވެ.
މިއަދު ކުރިޔަށްދިޔަ ޝަރީއަތުގެ މަޖިލީހަށް އާ ލިޔުންތަކެއް ހުށަހަޅުއްވަމުން ދައުލަތުން ބުނެފައިވަނީ މި ލިޔުންތަކަކީ، ޔާމިންގެ ދިފާއުގައި ހެކިބަސް ދީފައިވާ ހެކިންގެ ހެކިބަހުގެ ސައްޙަކަމާމެދު ސުވާލު އުފެއްދުމުގެ އިތުރުން ހެކިބަސްތައް ނަފީކުރުމަށްޓަކާ ހުށަހެޅުއްވި ލިޔެކިޔުންތަކެއް ކަމުގައެވެ.
ޝަރީއަތުގެ މަޖިލިހުގައި ދައުލަތުން ހުށެހެޅި ލިޔެކިތުންތަކުގެ ތެރޭގައި އީވައިސީގެ އޭރުގެ ޔައުމިއްޔާތަށް ހިމެނޭކަން ހާމަވީ، ޝަރީއަތުގައި، ދައުވާލިބޭ ޔޫސުފް ނައީމުގް ވަކީލު ހަމްޒާ ލަތީފް މި ލިޔެކިޔުންތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކުންނެވެ. ދައުލަތުން ހުށަހެޅި ލިޔުންތަކާއި ގުޅޭގޮތުން ޔޫސުފް ނައީމްގެ ވަކީލުން ވިދާޅުވީ ދައުލަތުން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކުގެ ހާޒިރީ ޝީޓްތަކާއި، 2015 ވަނަ އަހަރާއި 2019 ވަނަ އަހަރާއި ދެމެދުގެ ޔައުމިއްޔާތައްވެސް ހިމެނޭ ކަމަށާއި އެހެންކަމުން އެ ލިޔުންތައް ކުރިންވެސް ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް އޮތް ކަމުގައެވެ.
އަދި މި މަރުހަލާގައި އާ ލިޔެކިޔުންތަކެއް ހުށަހަޅުއްވައިގެން އާ ހެކިތައް ހުށަހަޅުމުން ދާނަމަ، ޝަރީއަތަށް ދުވަހަކުވެސް ނިމުމެއް ނާންނާނެ ކަމަށާއި، ދައުލަތުން ހުށަހެޅި ލިޔުންތައް ޝަރީއަތަށް ހުށަހަޅަންޖެހުނު ސަބަބުވެސް ނުވިސްނޭކަމަށް ޔޫސުފް ނައީމްގެ ވަކީލު ވިދާޅުވިއެވެ.
މި ވާހަކަތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލުން ވިދާޅުވީ، ދައުލަތުން ހުށަހެޅި އާ ލިޔެކުޔުންތަކުގެ ތެރޭގައި ހިމެނޭ އީވައިސީގެ ޔައުމިއްޔާތަކަކީ، ޔާމިންގެ ދިފާއުގައި ހެކިބަސްދެމުން، ކުރީގެ ދެ ވަޒީރުން ކަމުގައިވާ މުހައްމަދު ސައީދުއާއި އަހުމަދު ޒުހޫރު، އާރަށުގެ މުއާމަލާތާއި ގުޅިގެން އޭރުގެ އީވައިސީގައި ކުރެވުނު މަޝްވަރާތަކާއި ގުޅޭ އެއްވެސް ޔައުމިއްޔާއެއްގައި ސޮއި ނުކުރައްވާކަމަށާއި، އަދި ސޮއި ނުކުރައްވާ އެއްވެސް ޔައުމިއްޔާއެއް އޮވެގެން ނުވާނެކަމަށް ވިދާޅުވެ ހެކިބަސް ދީފައިވާތީ އެ ހެކިބަސް ނަފީ ކުރުމުގެ ގޮތުން ކަމުގައެވެ.
ވ. އާރަށުގެ މައްސަލާގައި ހެކިބަސް ނެގުމަށް އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި، ޔާމިން ދިފާއުގައި ހެކިބަސް ދެއްވަމުން ސައީދުއާއި ޒުހޫރުވެސް ވަނީ، ދައުލަތުން ހުށަހަޅާފަ އޮތް، ސޮއިކޮށްފަ ނެތް އީވައިސީގެ ޔައުމިއްޔާއެއް އެބޭފުޅުން އަތަށް ދެއްވާ އޭގެ ސައްހަކަމާމެދު ދިފާއީ ވަކީލުން ސުވާލު ކުރެއްވުމުން އެއީ ސައްހަ ނޫން ޔައުމިއްޔާއެއްކަމުގައި ވިދާޅުވެފައެވެ. އަދި އެ އަޑުއެހުމުގައި ދެބޭފުޅުންވެސް ހެކިބަސް ދެމުން ވިދާޅުވެފައިވަނީ، އެ ދެބޭފުޅުން ސޮއި ނުކުރައްވާ ޔައުމިއްޔާއެއް އޮވެގެން ނުވާނެކަމަށެވެ.
އީވައިސީގެ ޔައުމިއްޔާތަށް ހުށަހެޅުއްވުމަށްފަހު، މިއަދުގެ ޝަރީއަތުގައި ދައުލަތުގެ ވަކީލުން ވިދާޅުވެފައިވަނީ ޔައުމިއްޔާތަށް ހުށަހެހެޅުއްވީ، އެ ދެބޭފުޅުން ސޮއި ނުކުރައްވާ ޔައުމިއްޔާއެއް އޮވެގެން ނުވާނެކަމަށް ވިދާޅުވެ ޝަރީއަތުގެ މަޖިލިހުގައި ދެބޭފުޅުންވެސް ހެކިބަސް ދެއްވާފައިވާތީ، ދެބޭފުޅުންގެ ހެކިބަހުގައި ސައްޙަކަމެއް ނެތްކަން ސާބިތު ކޮށްދިނުމަށް ކަމަށެވެ.
ދައުލަތުން މިއަދުގެ ޝަރީއަތަށް ހުށަހެޅި ލިޔުންތަކާއި ގުޅޭ ސާފު މައުލޫމާތު ހާމަވެފައި ނުވި ނަމަވެސް، ދައުވާލިބޭ ޔޫސުފް ނައީމުގް ވަކީލު ހަމްޒާ ލަތީފް މި ލިޔެކިޔުންތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކުން އެނގޭ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި، ޔާމިންގެ ދިފާއުގައި ހެކިބަސްދިން އަހުމަދު ނަރީޝްއާއި ގުޅުންހުރި ލިޔުންތަކެއްވެސް ހިމެނެއެވެ. އޭގެ ތެރޭގައި، ޔާމިން ވިދާޅުވެގެން ޔޫސުފް ނައީމާއި އެއް މިލިއަން ޑޮލަރު ހަވާލުކުރިކަމަށް ހެކިބަސް ދިން ނަރީޝް އޭރު ވަޒީފާ އަދާކުރަމުން ދިޔަ ހާޒިރީގެ ރެކޯޑް ހިމެނެއެވެ. އަދި މިލިޔެކިޔުންތަކުން، އެގެން ހުރި ގޮތުގައި އެދުވަސްވަރު ޔާމިންއާއި ގާތް ގުޅުންތަކެއް ބޭއްވިކަމަށް ނަރީޝް ބުނާއިރު، އޭރު އޭނާ ވަޒީފާ އަދާކުރަމުން ދިޔައީ ސިފައިންގެ ވަޒީފާގައިކަންވެސް އެގެން ހުރެއެވެ.
ނަރީޝް ސިފައިންގެ ވަޒީފާއިން ވަކި ކޮށްފައިވަނީ، އޭރުގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ނާއިބު ރައީސްކަމުން ވަކި ކުރުމަށްފަހު، އަހުމަދު އަދީބު އޭރު ހިންގި ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ވުމުގެ ކުށުގައެވެ.
މިއަދުގެ ޝަރީއަތުގައި ދައުލަތުން "ސަކަރާތް ޖަހަން" އުޅޭކަމަށް ޔާމިންގެ ވަކީލު، ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލް ވިދާޅުވުމުން ގާޒީ ޝަކީލް ވަނީ އޭނާގެ ވާހަކަ ހުއްޓުވާފައެވެ. އަދި ގާޒީ ވިދާޅުވީ ދައުލަތުންވެސް، އަދި އެނޫން ވަކީލަކުވެސް ޝަރީއަތުގެ މަޖިލިހުގައި ސަކަރާތް ނުޖަހާނެކަމަށާއި، އޭނާގެ ބަސްމަގު ރަގަޅު ކުރުމަށެވެ.
ދައުލަތުން ހުށެހެޅި އާ ލިޔެކިޔުންތަކާއި ގުޅެގޮތުން ވާހަކަ ދައްކަމުން ޔާމިންގެ ވަކީލުން ވިދާޅުވީ ދައުލަތުން ހެކި ހުށަހަޅަން ޖެހޭނީ ދައުވާ ފޯމާ އެކު ކަމަށާއި ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ މި މަރުހަލާގައި ހުށަނޭޅޭނެ ކަމަށެވެ. އެހެންނަމަވެސް ދައުލަތުން ބުނެފައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ވާގޮތުން ފަހުން ފެންނަ ހެކިތަށް ޝަރީއަތުގެ މަޖިލީހަށް ހުށަހެޅޭނެ ކަމަށެވެ. ކުރިން އެ ހެކިތައް ހުށަ ނޭޅުނު ސަބަބެއް ކަމުގައި ދައުލަތުން ބުނެފައިވަނީ މައްސަލަ ހުށަހެޅި މަރުހަލާއި ހެކިންގެ މައުލޫމާތު އެގެން ނެތުމުގެ ސަބަބުން ކަމުގައެވެ. އެހެންކަމުން އެ ލިޔުންތައް ހޯދުމަށް ކުރިން ނޭގޭނެކަމަށްވެސް ދައުލަތުން ބުނެފައި ވެއެވެ.
ދައުލަތުން ހުށަހެޅި ލިޔުންތަކާއި ގުޅޭގޮތުން ޔޫސުފް ނައީމްގެ ވަކީލުން ވިދާޅުވީ ދައުލަތުން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކުގެ ހާޒިރީ ޝީޓްތަކާއި، 2015 ވަނަ އަހަރާއި 2019 ވަނަ އަހަރާއި ދެމެދުގެ ޔައުމިއްޔާތައްވެސް ހިމެނޭ ކަމަށާއި އެހެންކަމުން އެ ލިޔުންތައް ކުރިންވެސް ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް އޮތް ކަމުގައެވެ.
ޔާމީންއާއި ޔޫސުފް ނައީމްގެ ދިފާއީ ވަކީލުންގެ ވާހަކަތަކަށް ރައްދު ދެމުން، ލިޔުންތައް ހުށަހަޅަންޖެހުނު ގޮތުގެ ތަފްސީލްތަކަށް ދިއުމުގެ ފުރުސަތު ގާޒީ ދައުލަތަށް ދެއްވާފައެއް ނުވެއެވެ. ގާޒީ ވިދާޅުވީ މިމަރުހަލާގައި ދެއްކޭނީ އެ ލިޔުންތައް ބަލައިގަތުމާ ގުޅޭ ވާހަކަތައް ކަމުގައެވެ.
ގާޒީ ޝަކީލް ވިދާޅުވީ ދެން އޮންނަ އަޑު އެހުމެއްގައި ލިޔުންތަކާއި ގުޅޭގޮތުން ގޮތެއް ނިންމަވާނޭ ކަމުގައެވެ.
3 Responses
އިއުންތައް ބަލައިގަނެވޭނެ
ޢެއުޅެނީ ހަދާނެ ނަހަދާނެގޮތެއްނޭގިގެން އަތަށްގޮވާއިރުވެސް އެމީހުންނަށްނޭގޭނެ
އުޅޭވައްތަރު ހެކިން.ުގެންދާގޮތައްހަދަންވީނު ފަޑިޔާރުންވެސްބޭނުންކުރާނެކަމެތްނެތް ތިމާބޭނުންގޮތެއްހަދާލީމަވީނު އެޔެނމިޔެންއެގެނީކީނޫ ވީމަކަންތައްކުރާނީ އެގޮތަކަންނު