އިއްސެ، ނަޝީދަށް: މަނިކުފާނަށް 77 މެމްބަރުންގެ އިތުބާރުނެތް، ރީތިގޮތް ޚިޔާރުކުރައްވާ!

އިއްސެ، ނަޝީދަށް: މަނިކުފާނަށް 77 މެމްބަރުންގެ އިތުބާރުނެތް، ރީތިގޮތް ޚިޔާރުކުރައްވާ!

Author
މުޙައްމަދު ޝަޒައިމް
04 އޮކްޓޯބަރ 2022 07:05
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަޖިލީހުގެ 77 މެމްބަރުންގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަކަށް ނަޝީދު ފޮނުވި މެސެޖަށް އޭނާ ދެއްކެވި ވާހަކަތައް ހިއްސާ ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. އިއްސެ ފޮނުވި މެސެޖުގައި ވަނީ ނަޝީދުގެ އިތުބާރު ނެތްކަމަށް ސޮއިކޮށްފައިވާ ލިސްޓުގައި އޭނާ ސޮއިކުރުމާއި ހަމައަށްވެސް 22 މެމްބަރުން ސޮއިކޮށްފައިވާކަމަށެވެ.

އަދި މިމަސައްކަތް ކުރަން ފެށިފައިވަނީ ގިނަ މެމްބަރުން ޗުއްޓީގައި ތިބި ދުވަސްވަރަކަށްވުމުން މެމްބަރުންނަށް ސޮއިނުކުރެވުނީކަމަށެވެ. މިކަމާއި ގުޅިގެން އިއްސެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމަށް އަމިއްލަފުޅަށް ވިދާޅުވާ އަދަދުގެ ކޮންމެވެސް ވަރެއްގެ ސައްޚަކަމެއް އެބައޮތްކަމަށެވެ. ވިދާޅުވާ 12 މެމްބަރުންނަކީ ހަމައެކަނި ނަޝީދުގެ އިތުބާރު އޮތް މެމްބަރުން ކަމަށާއި، މަޖިލީހުގެ 77 މެމްބަރުންގެ އިތުބާރު ނަޝީދަށް ނެތްކަމަށް އިސްމާއިލް ވިދާޅުވިއެވެ.

ތިޔަ ވިދާޅުވުމުގައި ސައްހަކަމެއް ނެތްނަމަވެސް ތިޔަ އަދަދުގައި ސައްހަ ކަމެއް އެބަހުރި! މިހާރު އޮތީ ފާޅު ވޯޓެއްނަމަ 17ވޯޓް، ސިއްރު ވޯޓެއްނަމަ 12ވޯޓްގެ އިތުބާރެއް! ރިޔާސަތަށް %77 މަޖިލީސް މެމްބަރުންގެ އިތުބާރުނެތްކަން މިހާރު މާބޮޑަށްވެސް ސާފުވާނެ! ރީތި ގޮތް އިޚްތިޔާރު ކުރައްވާ!

– އިސްމާއިލް ވިދާޅުވިއެވެ.

މިއަދު މަޖިލީހުގައި ރައީސް ނަޝީދު ވިދާޅުވީ އެއްވެސް މައްސަލައެއް އެމަނިކުފާނު ކޮމްޕްރޮމައިޒް ވެފައި ނީންނާނެކަމަށެވެ. އިތުބާރު ނެތްކަމުގެ މައްސަލައަކީ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިން އިސް ނަގައިގެން ކުރަން އުޅުނު ކަމެއްކަމަށާއި ނަމަވެސް އެކަމަށް ތާއީދު ކުރީ އެންމެ 12 މެމްބަރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.