ޓްރެކް އެންޑް ފީލްޑުގައި ޤައުމަށް ރީތިނަން ހޯދައިދެވޭނެ އުންމީދީ އެތުލީޓުން އެބަތިބި: ޗަމްޕީ

ޓްރެކް އެންޑް ފީލްޑުގައި ޤައުމަށް ރީތިނަން ހޯދައިދެވޭނެ އުންމީދީ އެތުލީޓުން އެބަތިބި: ޗަމްޕީ

Author
މުޙައްމަދު ޝަޒައިމް
30 ސެޕްޓެމްބަރ 2022 12:01
0

ޓްރެކް އެންޑް ފީލްޑުގައި ޤައުމަށް ރީތިނަން ހޯދައިދެވޭނެ އުންމީދީ އެތުލީޓުން އެބަތިބި ކަމުގައި އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެއެވެ.

ޓްރެކް އެންޑް ފީލްޑު އެސޯސިއޭޝަނަށް ގައުމީ އެތުލެޓިކްސް މުބާރާތުގެ އަންހެން ޗެމްޕިއަންކަން ވިދި ވިދިގެން ތިން އަހަރު ލިބުމާއި ގުޅިގެން ރޭ މީރުމާ ހޮޓަލްގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޗަމްޕީ ވިދާޅުވީ ޓްރެކެން ފީލްޑުން މިފަދަ ހަފްލާއެއް ކުލަބުގެ އެތުލީޓުންނަށް ބޭއްވިކަމީ ކުރިއަށްދާ ލިބިގެންދާނެ އިތުރު ހިތްވަރެއްކަމަށެވެ. މިވަގުތު ކްލަބުގައި ފާހަގަކޮށްލެވޭ ޤައުމީ ދުވުންތެރިންވެސް ތިބިކަން ފާހަގަކޮށް، ޗަންޕީވަނީ ކުރިއަށް އޮތް ތަނުގައި އިތުރު ހިތްވަރާއިއެކު ޤައުމަށް ރީތިނަން ހޯދުމަށް އަޒުމް ކަނޑައެޅުމަށް ގޮވާލާފައެވެ.

އަދި ޓްރެކް އެންޑް ފީލްޑުގައި ޒުވާން، ހުނަރުހުރި އެތުލީޓުން ތިބިކަމަށާއި، މިހާރުވެސް ކޯޗުންނާއިއެކު ކުރިއަށް ގެންދާ ޓްރެނިން ކުރިއަށް ގެންގޮސް ޤައުމީ އަދި ބައިނަލް އަގުވާމީ ވަނަތައް ހާސިލް ކުރުމަށް މަަސައްކަތް ކުރުމަށް ވަނީ ގޮވާލާފައެވެ.

މިހަފްލާގައި އެތްލެޓިކް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލްއާއި، އެތްލެޓިކްސް އެސޯސިއޭޝަންގެ އޮނަރަރީ ޗެއާމަން މައިޒާން އަލިބެވެސް ވަނީ ވާހަކަ ދައްކަވާފައެވެ. މިދެބޭފުޅުންގެ ވާހަކައިގައިވެސް ވަނީ އެތްލެޓިކްސް ކުރިއެރުވުމަށް ޓްރެކް އެންޑް ފީލްޑުން ކުރާ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު ދަންނަވާފައެވެ. އަދި އެސޯސިއޭޝަނުން އެތުލީޓުންނަށާއި، ކްލަބުތަކުން އެތުލީޓުންގެ ކުރިމަގަށް ކުރާ ކޮންމެ ކަމެއްގައި ފުރިހަމަ އެއްބާރުލުމެއް ލިބިގެންދާނެކަމަށް ދެބޭފުޅުންވެސް ވަނީ ވިދާޅުވެފައެވެ.

ޓްރެކް އެންޑް ފީލްޑުން ކްލަބުގެ އެތުލީޓުންނަށް ބޭއްވި އިވެންޓު، ފޮޓޯ: ހުސެއިން ރިޒާ

މިހަފްލާގައި ޑްރެކް އެންޑް ފީލްޑުގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވީ އެތްލެޓިކްސް އަކީ ހަމައެކަނި ދުވުމެއް ނޫންކަމަށެވެ. އެތްލެޓިކްސްގައި ދުވުމާއި، އުކުމާއި، ފުންމުންވެސް ހިމެނޭކަމަށެވެ. އެތްލެޓިކްސް ފުރިހަމަ ވާނީ ދުވުމުގެ ޓްރޭނިންތަކާއި އެއްވަރަށް އުކުމާއި، ފުންމުމުގެ ޓްރޭނިންވެސް ހަދައިގެން ކަމަށެވެ. އަދި މިވީ 5 އަހަރުގެ ތެރޭގައި ކްލަބުން ހޯދި ހުރިހާ ކާމިޔާބީއަކީ މިގޮތަކަށް މަސައްކަތްކޮށް އެތުލީޓުންގެ ހިތްވަރާއިއެކު ހޯދުނު ފޮނި ކާމިޔާބީތަކެއްކަމަށެވެ.

މިހަފްލާގައި ޓެރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޓީމަށް މިއަހަރު އޮގަސްޓް މަހު މަލޭގައިއޮތް މައިލޯ އެސޯސިއޭޝަން ޗެމްޕިއަން ޝިޕްގައި ބައިވެރިވި، އެތްލީޓުންނާއި މިމަހު ހުޅުމާލޭގައި ކުރިއަށް ދިޔަ ގައުމީ މުބާރާތުގައި ތަމްސީލުކުރި އެތުލީޓުންވަނީ ބައިވެރިވެފައެވެ.

މިއިވެންޓުގައި 2019 ވަނަ އަހަރުގެ ޤައުމީ މުބާރާތުގެ ބެސްޓް އެތުލީޓަކަށް ހޮވުނު އައިޝަތު ހިމްނާ ހަސަނަށާއި، 2022 ވަނަ އަހަރުގެ ބެސްޓް އެތުލީޓުގެ މަޤާމު ހޯދި އައިމިނަތު ޖައިޝާ ޖުނީޒް އަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

ހިމްނާވަނީ 2019 ވަނަ އަހަރު އޮތް 29ވަނަ ގައުމީ އެތުލެޓިކްސް މުބަރާތުގައި ޓްރެކް އެންޑް ފީލްޑްގެ އެތުލީޓެއްގެ ގޮތުގައި ވާދަކޮށް، އަންހެނުންގެ 100މ400،200މ އަދި 4 ގުނަ 400މ އަދި 4 ގުނަ 100މ އިން ގޯލްޑް މެޑަލް ޙާސިލްކޮށް މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަޤާމް ހޯދާފައެވެ.

ޓްރެކް އެންޑް ފީލްޑުން ކްލަބުގެ އެތުލީޓުންނަށް ބޭއްވި އިވެންޓު، ފޮޓޯ: ހުސެއިން ރިޒާ

ޖައިޝާ ވަނީ ،2019،2021،2022 ވަނަ އަހަރު އޮތް ގައުމީ ކަސްރަތު މުބާރާތުގައި ވާދަކޮށް މިއިން ކޮންމެ އަހަރަކުވެސް 800މ،1500މ5000މ އިން އެއްވަނަ ޙާސިލްކޮށް ފައެވެ. އަދި 2022 ވަނަ އަހަރު ޖައިޝާވަނީ އަންހެން ބެސްޓް އެތުލީޓުގެ މަޤާމް ހޯދާފައެވެ. އަދި 5000މ ދުވުމުން ޖައިޝާ ވަނީ ގައުމީ ރެކޯޑު މުގުރާލާފައެވެ.

ޓްރެކް އެންޑް ފީލްޑުން ކްލަބުގެ އެތުލީޓުންނަށް ބޭއްވި އިވެންޓު، ފޮޓޯ: ހުސެއިން ރިޒާ

މިހަފްލާގައި ޚާއްސަ މެހުމާނުންގެ ގޮތުގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޖެމެއިކާއަށް ޓެރޭނިންގ އަށް ފުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އަންހެން 100މ،200މ،400މގެ ޗެމްޕިއަން ހިމްނާ ހަސަން އަދި ފިރެހެނުންގެ އަރަމުންއަންނަ ޒުވާން ދުވުންތެރިޔާ އިބާދުﷲ އާދަމަށްވަނީ ހިތްވަރުދިނުމުގެ ގޮތުން ޚާއްސަ ކާޑެއް ދީފައެވެ.

ޓްރެކް އެންޑް ފީލްޑުން ކްލަބުގެ އެތުލީޓުންނަށް ބޭއްވި އިވެންޓު، ފޮޓޯ: ހުސެއިން ރިޒާ 

ޓްރެކް އެންޑް ފީލްޑުގެ މިހަފްލާއަކީ އެކުލަބުގައި މަސައްކަތް ކުރާ ކޯޗުންނާއި، އެތުލީޓުންނާއި، އެތްލެޓިކް އެސޯސިއޭޝަންގެ އިސްބޭފުޅުން ވަނީ ބައިވެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.