ސައުދީ އަރަބިއާގެ ބޮޑުވަޒީރުގެ މަގާމަށް ވަލީއަހުދު މުހައްމަދު ބިން ސަލަަމާން އައްޔަން ކޮށްފި

ސައުދީ އަރަބިއާގެ ބޮޑުވަޒީރުގެ މަގާމަށް ވަލީއަހުދު މުހައްމަދު ބިން ސަލަަމާން އައްޔަން ކޮށްފި

Author
ހުސެއިން
28 ސެޕްޓެމްބަރ 2022 03:38
0

ސައުދީ އަރަބިއާގެ ބޮޑުވަޒީރުގެ މަގާމަށް ވަލީއަހުދު މުހައްމަދު ބިން ސަލްމާން އައްޔަން ކޮށްފިއެވެ.

ސައުދީ ޕްރެސް އޭޖެންސީ (SPA)އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޝާހީ ގަރާރަކުން، ރަސްގެފާނު ސަމްލާން އެގައުމުގެ ކެބިނެޓަށް ގެންނަވާފައިވަ ބަދަލުތަކުގެ ތެރޭގައި، ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރެއްވުމުގެ އިތުރުން، ޑިފެންސް މިނިސްޓަރކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ޕްރިންސް ޚާލިދު ބިން ސަލްމާނެއެވެ. އޭގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވަނީ ޔޫސުފް ބިން އަބުދުﷲ ބިން މުހައްމަދު ބިން އަލް ބުންޔާންއެވެ.

ކެބިނެޓަށް ރަސްގެފާނު ބަދަލުތަކުގެ ގެންނވިއިރު، މަގާމްގައި ދެމި ތިއްބެވި މުހިންމު ބައެއް ވަޒީރުންގެ ތެރޭގައި ހިމެނެނީ އެނާޖީ މިނިސްޓަރުކަމުގައި ހުންނެވި ޕްރިންސް އަބުދުލް އަޒީޒު ބިން ސަލްމާންއާއި، ފޮރިންގ މިނިސްޓަރަކަށް ހުންނެވި ޕްރިންސް ޚާލިދު ބިން އަބުދުލް އަޒީޒު އަލް ފާތިހު އާއި، އިންޓީރިއަރ މިނިސްޓަރަކަށް ހުންނެވި ޕްރިންސް އަބުދުލް އަޒީޒި ބިން ސައުދު ބިން ނަޔާފްގެ އިތުރުން ފިނޭންސް މިނިސްޓަރަކަަށް ހުންނެވި މުހައްމަދު ބިން އަބުދުﷲ އަލް ޖަދާންއެވެ.

ކިންގް ސަލްމާނަށްފަހު ސައުދީ އަރަބިއާގެ ރަސްކަމަށް އިސްވެވަޑައިގަންނަވާނީ ރަސްގެފާނުގެ ދަރިކަލުން، މިހާރުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއެވެ. ސައުދީ އަރަބިއާގެ ސަރުކާރު ދުވަހުން ދުވަހަށް ހިންގެވުމުގެ އެންމެހާ ޒިންމާއަކާއި މިހާރުވެސް ރަސްގެފާނުގެ ފަރާތުން ހަވާލުވެ ވަޑައިގެން ހުންނެވީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއެވެ.

ކިންގް ސަލްމާން ސައުދީގެ ރަސްކަމަށް އިސްވެވަޑައިގަތީ އޭނާގެ އެއްބަފާ ބޭބޭފުޅު އަބުދﷲ ރަސްގެފާނު 2015ވަނަ އަހަރު އަވަހާރަ ވެވަޑައިގަތުމާއި ގުޅިގެންނެވެ. އަބުދުﷲ ރަސްގެފާނު ސައުދީގެ ރަސްކަމަށް އިސްވެވަޑައިގަތީ 2005ވަނަ އަހަރު އެއްބަފާ ބޭބޭފުޅު ފަހުދު ރަސްގެފާނު އަވަހާރަ ވުމާއި ގުޅިގެންނެވެ. ފަހުދު ރަސްގެފާނަކީ މިހާރުގެ ސައުދީ އަރަބިއާގެ ބާނީ ކަމުގައިވާ ކިންގ އަބުދުލް އަޒީޒުގެ 8 ވަނަ ދަރިކަލުންނެވެ. ފަހުދު ބިން އަބުދުލް އަޒީޒު އަލް ސައުދު ސައުދީ އަރަބިއާގެ ރަސްކަން ކުރައްވާފައިވަނީ 1982 އިން 2005 އަހަރާއި ހަމައަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.