"ޑަބަލް އެކްސްއެލް" ގެ ޓީޒާ ދައްކާލައިފި

"ޑަބަލް އެކްސްއެލް" ގެ ޓީޒާ ދައްކާލައިފި

Author
ފާތިމަތު ނާވީ
25 ސެޕްޓެމްބަރ 2022 06:38
0

ސޮނާކްޝީ ސިންހާ އާއި ހުމާ ޤުރައިޝީ އެކުގައި ފެނިގެން ދާ ފިލްމު "ޑަބަލް އެކްސްއެލް" ފުރަތަމަ ޓީޒާ އާންމުކޮށް އެފިލްްމްގައި ދެތަރިން ފެނިގެންދާގޮތް ދައްކާލައިފިއެވެ.

ސޮނާކްޝީ އާއި ހުމާ އަކީ ފިލްމު ކުޅެން ފެށިތާ ކައިރީގައި ހަށިގަނޑު ފަލަވުމުގެ ސަބަބުން ބެލުންތެރިންގެ ފާޑުކިޔުން އަމާޒުވީ ދެ ތަރިންނެވެ.

މި ފިލްމަކީ މިފަދަ ފުރައްސާރަތަކާ ދެކޮޅަށް ތައްޔާރުކުރާ ފިލްމެކެވެ. މި ފިލްމަކީ ފަލަ މީހުންނަށް ކުރާ ފުރައްސާރައިގެ ވާހަކައާއި އެމީހުންނަކީ ފޮނި ހުވަފެން ދެކުމުން މަހުރޫމުވާން ޖެހޭ ބައެއް ނޫންކަމުގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ.

މި ކޮމެޑީ އަކީ ކުރީގެ ވަރަށް މަޝްހޫރު ފިލްމެއް ކަމަށްވާ "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމޭކް 2019 ގައި ގެނެސްދިން މުދައްސަރު އަޒީޒު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)

ހުމާ އާއި ސޮނާކްޝީގެ އިތުރުން މި ފިލްމްގެ މުހިންމު ރޯލުތަކުން ޒަހީރް އިޤްބާލާއި ބޮލީވުޑަށް އަލަށް ތަޢާރަފްވާ މަހަތު ރާގަވެންދަރް ފެނިގެން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.