ސޮނާކްޝީ ލޯބިވެރިޔާ އާއެކުގައި ލަވައަކުން!

ސޮނާކްޝީ ލޯބިވެރިޔާ އާއެކުގައި ލަވައަކުން!

ސޮނާކްޝީ ސިންހާއާއި އޭނާގެ ލޯބިވެރިޔާ ޒަހީރް އިގްބާލު އެކުގައި ފެންނަ ފުރަތަމަ ފެނިލުމެއްގެ ގޮތުގައި ވީޑިއޯ ލަވައެއް ގެނެސްދޭން ތައްޔާރުވެއްޖެއެވެ.

މިލަވަ ވަރަށް އަވަހަށް ބެލުން ތެރިންނަށް ދޫކޮށްލާނެ ކަމަށް ވަނި ޚަބަރުތައް ބުނެއެވެ. ސޮނާކްޝީ އާއި ޒަހީރް ލޯބީގެ ގޮތުން ގުޅިގެން އުޅާކަމުގެ އިޝާރާތެއް މިއަހަރުގެ ކުރީކޮޅުގައި ވަނީ ދީފައެވެ.

'ބްލޮކްބަސްޓަރ" ގެ ނަން ދީފައިވާ މި ލަވައިގެ ޓީޒާއެއް ވަނީ ސޮނާކްޝީ އާއި ޒަހީރްގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އަދި ބުނެފައިވަނީ "ބްލޮކްބަސްޓަރ" ވަރަށް އަވަހަށް ބެލުންތެރިންނަށް ފެންނާނެ ކަމަށެވެ. މި ލަވަ ބަލަން އެންމެން ތައްޔާރު ތޯ ވެސް ސުވާލު ކޮށްފައިވެއެވެ.

މިއީ ލޯބީގެ ލަވައެއް ކަމެއް ނުވަތަ ފޯރިގަދަ ނެށުން ތަކެއް ފެނިގެންދާ ލަވައެއް ކަމެއް އަދި ސާފެއް ނުވެއެވެ. ލަވަ ކިޔާފައިވަނީ އައްމީ ވާކް އާއި އަސީސް ކޯރްއެވެ.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)

ޒަހީރް އާއި ސޮނާކްޝީގެ ލަވައެއް ނެރުމަށް ތައްޔާރު ވަމުން އަންނައިރު ދެތަރިން އެކުގައި ވަނީ ފިލްމެއް ވެސް ކުޅެފައެވެ. އަދި ރިލީޒް ކޮށްފައިނުވާ އެ ފިލްމް އަކީ "ޑަބަލް އެކްސް އެލް" އެވެ. މި ފިލްްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. 2019 ވަނަ އަހަރުގެ ގެ ފިލްމު "ނޯޓްބުކް" އިން ބޮލީވުޑަށް ތައާރަފްވި ޒަހީރްގެ މިއީ ދެވަނަ ފިލްމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *