ޖީއެސްޓީ ބޮޑު ކުރުމަށްވުރެ، ދައުލަތުގެ ކުރާ ބޭކާރު ޚަރަދުތައް ކުޑަކުރުން މާރަނގަޅު: އަލީ ހުސެއިން

ޖީއެސްޓީ ބޮޑު ކުރުމަށްވުރެ، ދައުލަތުގެ ކުރާ ބޭކާރު ޚަރަދުތައް ކުޑަކުރުން މާރަނގަޅު: އަލީ ހުސެއިން

Author
މުޙައްމަދު ޝަޒައިމް
17 ސެޕްޓެމްބަރ 2022 01:03
0

ޖީއެސްޓީ ބޮޑު ކުރުމަށްވުރެ، ދައުލަތުގެ ކުރާ ބޭކާރު ޚަރަދުތައް ކުޑަކުރުން މާރަނގަޅުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދު ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

މެމްބަރު އަލީ ހުސެއިން މިހެން ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި، ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅުމާއި ގުޅިގެންނެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.

މެމްބަރު އަލީ ހުސެއިން ވިދާޅުވީ ރާއްޖޭގައި ޓެކްސްތަކަށް ބަދަލު ގެނައުމަށްވުރެ ބޮޑަށް ކުރަންޖެހޭ ކަންކަން ކޮށްގެން ދައުލަތުގެ ޚަރަދުތައް ދެކޮޅު ޖެއްސުމަކީ މުހިންމު ކަމެއްކަމަށެވެ. މިހާލަތުގައި އެންމެ މުހިންމު ކަމަކީ ދައުލަތުން ކުރާ ބޭކާރު ޚަރަދުތައް ކުޑަކުރުންކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

މި ވަގުތު GST ބޮޑު ކުރުމަށްވުރެ ދައުލަތުން ކުރާ ބޭކާރު ޚަރަދުތައް ކުޑަކޮށް އިސްރާފުތައް ހުއްޓާލުން މާރަނގަޅުވާނެ. ސަބްސިޑީ އާއި ދައުލަތުން ދޭ އިނާޔަތްތައް ހަމަކޮންމެހެން ޙައްޤުވާ މީހުނަށް އެކަނި ދޭން ފަށަންވީ.

– އަލީ ހުސެއިން ވިދާޅުވިއެވެ.

ޝިފާއު ހުށައެޅުއްވި އިސްލާހުގައި ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ. ފިނޭންސް މިނިސްޓްރީންވެސް ވިދާޅުވެފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ. އެހެންކަމުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާ އަޅާބަލާއިރު ދަށްކޮށްކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމާއި ދަޢުލަތުގެ ޚަރަދުކުޑަކުރުމުގެ ގޮތުން ސަބްސިޑީ ރިފޯމް ކުރުމާށާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް އިތުރަށް ހަރަދަނާކޮށް ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސަރުކާރުން މިހާރު ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ އިތުރަށް އެހެން އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުގެންދިޔުމަށާއި ހިންގުމުގެ ޚަރަދުތައްވެސް ކުޑަކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރައްޔިތު
އެއްވެސްޓެކުހެއްނެގުމަކީީ ރައްޔިތުންބިކަވާނެކަމެއްް ވީވަރަކުންް ޓެކުސްތައްކުޑަކޮއްް ސަރުކާރުގެެ އިސްރާފުތައްވަގުތުންވަގުތައްހުއްޓާލާާ ރައްޔިތުންނައްް ރަގަޅުގޮތައްހޯދަދީީ
ރ ރައް
ސަރުކާރެކޭޭ ބަތްކައްކާކުޅުމެކޭޭ އެއްވެސްތަފާތެއްނުފެނޭޭ މޮޔަަ ބޭކާރުު ތަންދޮރުނުފިލާާ ހޫރިހޫރިި