ހުޅުމާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް މާދަމާ!

ހުޅުމާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް މާދަމާ!

Author
މުޙައްމަދު ޝަޒައިމް
16 ސެޕްޓެމްބަރ 2022 02:27
0

"ވޯލްޑް ކްލީން އަޕް ޑޭ" އާ ގުޅިގެން ހުޅުމާލޭ ސާފުކުރުމުގެ ބޮޑު ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.

އެޗްޑީސީން ބުނެފައިވަނީ އެކި މުއައްސަސާތަކުންނާއި މިނިސްޓްރީތަކުގެ އިތުރުން ކުންފުނިތަކުން ވެސް ބައިވެރިވެ އެ ހަރަކާތް ބާއްވަނީ 'ދުނިޔެ މަގޭ' ކެމްޕެއިންގެ ދަށުން ކަމަށެވެ.

އެ ހަރަކާތަކީ އެޗްޑީސީގެ ކެމްޕޭންގެ ދަށުން ކުރިޔަށް ގެންދެވޭ ހަރަކާތެއް ކަމަށާއި އެ ކެމްޕޭނަކީ، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން މިއަހަރުގެ ޖޫން މަހު ތައާރަފްކޮށްފައިވާ ކެމްޕޭނެއް ކަމަށް އެޗްޑީސީން ބުންޏެވެ. އެޗްޑީސީން ބުނީ އެ ކޭމްޕޭންގެ ދަށުން ތިމާވެއްޓަށް ގެއްލުންހުރި ކަންކަން ދެނެގަނެ ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކުވެސް "ވޯލްޑް ކްލީން އަޕް ޑޭ" އާއި ގުޅިގެން ސާފުކުރުމުގެ ހަރަކާތް ކުރިޔަށް ގެންދެއެވެ އެޗްޑީސީން ބުނީ މިފަހަރު ބާއްވާ ސާފުކުރުމުގެ ހަރަކާތަކީ "ވޯލްޑް ކްލީން އަޕް ޑޭ" އާއި ގުޅިގެން މާލެ ސަރަހައްދުގައި ކުރިޔަށް ގެންދެވޭ އެންމެ ބޮޑު ސާފުކުރުމުގެ ހަރަކާތް ކަމުގައި ވެގެންދާނެ ކަމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި އެއީ މާލެ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ސާފުކުރުމުގެ ހަރަކާތަށް ވާނެއެވެ. އެ ހަރަކާތުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެޗްޑީސިން އެދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.