ކުރިނބީ ބަނދަރު ހަދަން އެމްޓީސީސީއަށް

ކުރިނބީ ބަނދަރު ހަދަން އެމްޓީސީސީއަށް

Author
މުޙައްމަދު ޖިމީ
14 ސެޕްޓެމްބަރ 2022 03:13
0

ހދ. ކުރިނބި ބަނދަރު ހެދުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފިއެވެ.

ކުރިނބިީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.

މި މަޝްރޫޢުގެ ދަށުން 4389 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި، ބަނދަރަށް އިތުރުކުރެވޭ ބައިގެގޮތުގައި 30172 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 2040 ކިއުބިކް މީޓަރުގެ ބަނދަރަށް ވަންނަ ނެރު ފުން ކުރުމުން ހިމެނެއެވެ.

ހަމަ އެހެންމެ 295 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށިޖެހުމާއި، 70 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 314 މީޓަރުގެ ސްކޯރިންގ އެޕްރޮން ޖެހުން މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ. އަދި 314 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، 10 މޫރިންގ ބޮއި ހަރުކޮށް، 2 ނެވިގޭޝަން ލައިޓް ހަރުކުރުންވެސް މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ރޭމްޕެއް ހެދުމާއި، 16 މަގުބައްތި ހަރުކޮށް، ބަނދަރާ އިންވެގެން 1556.61 އަކަ މީޓަރުގެ ޕޭވްމަންޓުވެސް ހެދިގެންދާނެއެވެ. މުޅި މި މަޝްރޫޢަށް ގާތްގަނޑަކަށް 42.9 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.