ބިގްބޮސްގެ އޯޓީޓީ އިން އާންމުންނަށް އެނގިގެން ދިއަ އުރްފީ ޖާވެދް އަކީ ނިވާކަން ކުޑަ ހެދުން އަޅައިގެން އާންމުންގެ ސަމާލުކަން އަބަދުވެސް ހޯދާ ތަރިއެކެވެ.
މީގެ ކުރިން އޭނާ ވަނީ ބައެއްކަހަލަ ޕްރޮޕް ބޭނުން ކޮށްގެންވެސް ހެދުން ހަދައިގެން ލައިފައެވެ. އެގޮތުން އޭނާ ވަނި ގޯނަޏަކުން އަދި ވާ ގަނޑަކުން ވެސް ހެދުމެއް ހަދައިފައެވެ.
އުރްފީގެ ނިވާކަން ކުޑަ ހެދުން ތަކަށް ލިބޭ ސަމާލުކަން ވަރަށް ބޮޑެވެ. އަދި މީޑިއާއިން ތަފާތު ކޮންމެޓްތަށް ވެސް މިހެދުންތަކަށް ކުރެއެވެ.
މިފަހުން އުރްފީ ބައިވެރިވި އިވެންޓްއެއްގައި އޭނާގެ ހެދުން އެޅުމާއި ބެހޭގޮތުން ސުވާލުކުރުމުން އުރްފީ ވަނީ ވަރށް ބޮޑަށް ރުޅި އައިސްފައިއެވެ. އޭނާ ބުނެފައިވަނީ މިއަދަށްފަހު ލާ ހެދުމަށް ކޮމެންޓް ކޮގެން ނުވާނެ ކަމަށެވެ. އަދި މީޑިއާގެ މީހުންނަށް ވަރަށް ރެސްޕެކްޓް ކުރާ ކަމަށާއި އޭގެ ބަދަލުގައި އެމީހުން ކަންތައް ކުރާ ގޮތަކީ މީތޯ ވެސް ވަނީ ސުވާލު ކޮށްފައެވެ.
ބައެއް ސިލްސިލާ ޑްރާމާ ތަކުން ފެނިގެން ގޮސްފައިވާ އުރްފީ އަކީ މިހާތަނަށް އޭނާގެ އެކްޓިންގެ ކެރިއަރުގައި މާބޮޑު ކާމިޔާބެއް ހޯދިފައިވާ މީހެއް ނޫނެވެ. މީގެ ކުރިން އޭނާ ވަނީ "ޗަންދުރާ ނަންދިނީ" އާއި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހެ" އަދި "ކަސޯޓީ ޒިންދަގީ ކޭ" ގައިވެސް ކުޑަ ރޯލަކުން ފެނިގެން ގޮސްފައެވެ.