ކާތިކް އާރިޔާން އިއްޔެ އިއުލާން ކުރި ފިލްމް "އާޝީގީ 3″ ގެ ބަތަލާ އަކީ ޓީވީ ތަރި ޖެނިފާ ވިންގެޓް ކަމަށް ހަބަރުތަށް ބުނެފިއެވެ.
އަނުރާގް ބާސޫ ޑައިރެކްޓް ކުރާ އަސަރުގަދަ ލޯބީގެ ފިލްމް "އާޝިގީ 3″ އަށް ކާތިކް އާރިޔަން ސޮއި ކުރި ނަމަވެސް މި ފިލްމް އާއި ބެހޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ. އަދި ފިލްމް އިން ފެނިގެންދާ އިތުރު ތަރިންވެސް ހާމަ އެއް ނުކުރެއެވެ.
ކާތިކާ އެކީ ފިލްމެއް ކުޅެން ޖެނިފާ އަށް ލިބިފައިވާ ކަމަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ބައެއް މީޑިއާ ތަކުން ބުނެފައިވާ ދަނޑިވަޅެއްގައި ކާތިކް މި ފިލްމް އަށް ސޮއި ކުރުމުން ބެލެވެނީ ފިލްމް ގެ ބަތަލާ އަކީ ޖެނިފާ ކަމުގައިއެވެ. ނަމަވެސް ރަސްމީ ފަރާތަކުން އަދި އެކަން ކަަށަވަރު ކޮށެއް ނުދެއެވެ.
މި ފިލްމު ހަދަން ނިންމާފައި ވަނީ "އާޝިގީ" ގެ ކުރީގެ ދެ ފިލްމު ވެސް ޕްރޮޑިއުސްކުރި މުކޭޝް ބަޓްގެ ވިޝޭޝް ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެންނެވެ.
މީގެ ކުރިން ނެރެފައިވާ އާޝިގީގެ ދެ ފިލްމަކީ ވެސް ބޮޑު ހިޓެކެވެ. "އާޝިގީ" ގެ ނަމުގައި މަހޭޝް ބަޓް ޑައިރެކްޓްކޮށް 1990 ގައި ރިލީޒްކުރި ފުރަތަމަ ބައިން ފެނުނީ ރާހުލް ރޯއީ އާއި އަނޫ އަގަރްވާލް އެވެ. މި ފިލްމް އަކީ މިއަދު ވެސް ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ފިލްމް އެކެވެ. ހާއްސަކޮށް ފިލްމް ގެ ލަވަތަށް ގިނަ ބަޔަކު މިއަދުވެސް އަޑުއަހައެވެ.
2013 ގައި އަނުރާގް ޑައިރެކްޓްކޮށް ނެރުނު ފިލްމުގެ ދެވަނަ ބައި "އާޝިގީ2″ ފެނުނީ އަދިތުޔާ ރޯއީ ކަޕޫރާއި ޝްރައްދާ ކަޕޫރެވެ. މި ފިލްމް އަށް ވެސް ބޮޑު ކާމިޔާބެއް ލިބުންއިރުގައި ފިލްމް ގެ ލަވަތަކަކީ ގިނަ ބަޔަކަށް ކަމުދިއަ ލަވަތަކެކެވެ.
ކޮމެންޓު ފޮނުވާ