އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އާތިފް

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އާތިފް

Author
މުޙައްމަދު ޝަޒައިމް
04 ސެޕްޓެމްބަރ 2022 03:49
0

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމު ފުރުއްވަމުންދިޔަ އަޙްމަދު އާތިފް އައްޔަންކޮށްފިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އަޙްމަދު އާތިފް އައްޔަންކޮށްފައިވަނީ އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމުން ފުރުއްވަމުން އައި ސުހައިލް އަޙްމަދު، 25 އޮގަސްޓު 2022 އިން ފެށިގެން ރިޓަރޔަރ ވުމުންނެވެ.

އަޙްމަދު އާތިފްއެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާރޗްމަހުގެ 6 ވަނަ ދުވަހުގައެވެ. އާތިފް އަކީ މެލޭޝިޔާގެ ހާރޓްފޯޑްޝިއަރ ޔުނިވަރސިޓީން އެކައުންޓިންއިން ބެޗްލަރ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އާތިފްއަކީ މި ދާއިރާގައި 10 އަހަރުދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެއްވެސް މެއެވެ.

އާތިފް މީގެ ކުރިން ވަނީ ބޭންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި މަސައްކަތް ކުރައްވާފައެވެ. އަދި ޕްރައިވެޓް ސެކްޓަރގައި ޓެކްސް އޭޖެންޓްއެއްގެ ގޮތުގައިވެސް އާތިފް ވަނީ މަސައްކަތް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.