އެމްއެންޕީގެ ކޮންގްރެސް މިމަހު 23ގައި

އެމްއެންޕީގެ ކޮންގްރެސް މިމަހު 23ގައި

Author
މުޙައްމަދު ޖިމީ
03 ސެޕްޓެމްބަރ 2022 01:12
0

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފުރަތަމަ ކޮންގްރެސް މި މަހު ބާއްވަން އެޕާޓީން ނިންމައިފިއެވެ. އެމްއެންޕީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ކޮންގްރެސް އޮންނާނީ މި މަހު 23-24 އަށް ތާޖުއްދީން ސްކޫލްގައި ކަމަށް ބުނެފައެވެ..

އެމްއެންޕީގެ ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ގަވައިދު އިސްލާހުކުރުމާއި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމާއި އެ ގަވާއިދުގެ ދަށުން އިންތިހާބުކުރަން ޖެހޭ މަގާމުތަކަށް މީހުން އިންތިހާބުކުރުން ވެސް އޮންނާނެ ކަމަށް އެޕާޓީން ބުންޏެވެ. އަދި ކޮންގްރެސްގައި އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ މެންބަރުންގެ އިތުރުން، ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ބައިވެރިވާނެ ކަމަށާއި ރާއްޖޭގެ އެކި ހިސާބުތަކުން ދާއިރާތަކުގެ ރައީސުންނާއި ނައިބް ރައީސުންނާއި ގޮފިތަކުގެ ރައީސުން ވެސް ބައިވެރިވާނެ ކަމަށް އެޕާޓީން ބުންޏެވެ. އެމްއެންޕީއަށް ނިސްބަތްވާ ރަށްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުން ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައިކަމަށް އެޕާޓިން ބުނެއެވެ.

އެމްއެންޕީގެ ކުރިމަގު ބައްޓަންވެގެން ދާނީ  ގައުމީ ޖަލްސާ ބައިވެރިން ނިންމާ ނިންމުންތަކުގެ މައްޗަށްކަމަށާއި، މި ގައުމީ ޖަލްސާ ނިމިގެންދާނީ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ ފަރާތުން ޕާޓީގެ މައި ސިޔާސަތުތަކަށް އެއްބަސްވެގެންކަމަށް އެމްއެންޕީން ބުންޏެވެ.

އެމްއެންޕީއަކީ ކުރީގެ ޑިފެންސް މިނިސްޓަރ އަދި މިހާރުގެ ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް (ކާނަލް) އިސްވެ އުފައްދަވާފައިވާ ސިޔާސީ ޕާޓިއެކެވެ. އެޕާޓިން ދަނީ ޕާޓީގެ ހަރަކާތްތައް ފުޅާކުރަމުންނެވެ.

އެމްއެންޕީން ވަނީ ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓެއް ނެރޭނެކަމަށްވެސް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.