ތުނބުޅި ބަހައްޓާފަ، ދީނީ ވައްތަރު ހެދުމެއް ލިޔަސް ދީނީ އިލްމުވެރިއަކަށް ނުވާނެ: މައުމޫން

ތުނބުޅި ބަހައްޓާފަ، ދީނީ ވައްތަރު ހެދުމެއް ލިޔަސް ދީނީ އިލްމުވެރިއަކަށް ނުވާނެ: މައުމޫން

Author
ހުސެއިން
02 ސެޕްޓެމްބަރ 2022 07:56
0

ހިންދޫންގެ ދީނީ އަޅުކަަމެއްގެ ގޮތުގައި ގިނަބަޔަލު ދެކޭ ޔޯގާ ހަރަކާތަކީ ހަރާމް ކަމެއް ކަމުގައި ބުނަމުން ދާތީ، ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންނަށް ފާޑު ވިދާޅުވެއްޖެއެވެ.

ރޭ ވީޓީވީން ގެނައި "ބޮޑު ފެންޑާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވެފައިވަނީ، އެމަނިކްފާނުގެ ވެރިކަމުގައި ދީނީ އެއްބައްވަންތަކަމުގެ ގާނޫނުގައި ދީނީ އިލްމްވެރިއަކަށް ވާނީ ސަރުކާރުން ގަބޫލުކުރާ ޔުނިވަރސިޓީއަކުން މަތީފާސް ހޯދައިގެން އަންނަ މީހުން ކަމަށް ކަނޑައަޅާފައިވާނެ ކަމަށެވެ.

މިގޮތުން ބަލާއިރު، ހަމަ ކުއްލިއަކަށް ތިމާއަކީ ދީނީ އިލްމުވެރިއެއް ކަމުގައި ކަނޑައެޅިދާނެތޯވެސް މައުމޫންވަނީ ސުވާލު ކުރައްވާފައެވެ.

އަމިއްލައަށްތޯ ނިންމާނީ ތިމަންނަ މީ ދީނީ އިލްމްވެރިއެއްތޯ. ކޮންމެވެސް ޔުނިވަރސިޓީއަކުން އެއްއަހަރު ދެ އަހަރު ކިޔަވާލާފައި، އޭނާގެ މަންޒަރަށް ބަދަލެއް ގެނެސްފައި، ތުނބުޅިއެއް ބަހައްޓާފައި، ދީނީ ވައްތަރުގެ، މި ދެންނެވީ އަރަބި ވައްތަރުގެ ހެދުމެއް އަޅާފައި އުޅުނީމަ އެ ދީނީ އިލްމްވެރިއަކަށްވީތޯ. އެއީ ދީނީ އިލްމްވެރިއަކަށްވީއެއް ނޫނޭ.

ޔޯގާގެ މައްސަލާގައި ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންގެ ހައިސިއްޔާތާމެދު ސުވާލު އުފައްދަވަމުން މައުމޫން ވިދާޅުވެފައި ވެއެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުމޫން ވަނީ ޔޯގާ ނުހެދެންޏާ ފުޓް ބޯޅަވެސް ކުޅެއްވިގެން ނުވާނެކަމުގައިވެސް ވިދާޅުވެފައެވެ.

މައުމޫން ވިދާޅުވެފައިވަނީ ފުޓް ބޯޅައަކީ ހުޅަނގުން ތައާރަފް ކުރި ކުޅިވަރެއް ކަމަށާއި، އެމީހުންނަކީވެސް މުޝްރިކުން ކަމުގައެވެ. އެހެންކަމުން، ހިންދޫންނަކީ މުޝްރިކުން ކަމުގައިވެގެން، ހިންދޫންގެ ޔޯގާ ނެހެދޭ ކަމަށް ވަންޏާ ފުޓުބޯޅަ ކުޅެވެންވީ ސަބަބެއް އެބައޮތްތޯ މައުމޫން ވަނީ ސުވާލު އުފައްދަވާފައެވެ.

ޔޯގާއަކީ ހަމަ އެންމެ ރަނގަޅުކަމެއް. އެކީއްވެތޯ ގޯސްވާންވީ. މިސާލަކަށް ބަޔަކު ބަޔަކު ބުނެފާނެ ޔޯގާއަކީ ހިންދީ ދީނުގެ (މީހުން ކުރާކަމެކޭ). ހިންދީ ދީނުގެ މީހުންނަކީ މުޝްރިކުންނޭ. ޝިރުކުކުރާ ބައެކޭ. އެމީހުން ކުރާ ކަމެއް ކޮށްގެންނުވާނެއޭ. އޭގެ ޖަވާބުގައި ދަންނަވަން އޮތީ ފުޓުބޯޅަ ކިހިނެތްތޯއޭ ވަނީ. ފުޓުބޯޅައަކީ ހުޅަނގުގެ އުފެއްދުމަކަށްވަންޏާއި ހުޅަނގުގެ ގައުމުގެ މީހުންނަކީ ވެސް ހަމަ މުޝްރިކުން. އެހެންވީމަ ފުޓުބޯޅަވެސް ކުޅެގެންނުވާނެތާ. ކްރިކެޓްވެސް ކުޅެގެން ނުވާނެތާ. ޔޯގާވެސް ނުހެދޭ ކަމަށްވަންޏާއި މި ދެންނެވީ. އެދެން ދެކޮޅު ޖެހޭ ވާހަކައެއް ނޫން އެ ދައްކަނީ.

ޔޯގާއަކީ އިސްލާމް ދީނުގައި މަނާ ކަމެއް ނޫންކަމުގައި ސިފަކުރައްވަމުން، ވީޓީވީގައި ވާހަކަ ދައްކަވަމުން މައުމޫނު ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ު ުއާދު
Ragalhu vaahakaeh
ނ ނުކިޔަވާ
Dheenuge ilmu kiyavaigen usoolulfiqh thaaju bolugai alhaigen chili sauce jahathubulhi beyluvi ilmuveriakah vehure noon thoa?e,ee sunnathakah nuvaathy thoa!
މ މުންޖިޗޭ
މުރުތައްދު ސަލްމާންރުޝްދީފަދަ މީހަކަށް މީނަ ނުވިއްޔާ ރަނގަޅު.
އ އަދުރޭ
މިފަހަރު ތިޔަ ވިދާޅުވެ ލެއްވީ ވަރައްބޮޑު ތެދުފުޅެއް އަޅުޑަނޑު ތާއީދު ކުރަން
ކ ކޮށި
އަލީ ރަމީޒަށްވުރެ ބޮޑު ދީނީ އިލްމުވެރިޔެއް މިރާއްޖޭގަ އެބަހުރިބާ؟
ސ ސައްލޭ
ޤައުމު ހަލާކު ކުރީ މި ކަލޭގެ.ކިތައް މީހުންގެ ޙައްޤައް އަރާފައިވޭތަ؟ލުއްޗާ އަދި އަގަ އެބަހުޅުވާ.