ވިންޑްސާރފިން ބޯޑެއްގައި ދަތުރުކުރަނިކޮށް ގެއްލުނު ދެމީހުން ފެނިއްޖެއެވެ. އެމްއެންޑީއެފް އިން ބުނީ އެމީހުން ކޯސްޓްގާޑަށް މިހާރު ނަގާފައިވާކަމަށާއި، މިމައްސަލަ މިހާރު ފުލުހުން ބަލަމުންދާކަމަށެވެ.
ވިންޑުސާރފިންގ ބޯޑެއްގައި ލ.މާމެންދޫ އިން ލ.ހިތަދޫއަށް ދަތުރުކުރި 2 ދިވެހިންގެ ޚަބަރެއްނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ ސްކޮޑަރުން ހަރަކާތްތެރިވާން ފަށާފައިވާއިރު މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު ކުރީ 11:30 ހާއިރުކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.
މިދުވަސްވަރަކީ މުސުން ގޯސް ދުވަސްވަރެއްކަމުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިންނާއި، އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ