މުސްއަބު ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް، ބަދަލުގެ ގޮތުގައި 1 މިލިއަން ރުފިޔާ ދޭން ހުކުމް ކޮށްފި

މުސްއަބު ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް، ބަދަލުގެ ގޮތުގައި 1 މިލިއަން ރުފިޔާ ދޭން ހުކުމް ކޮށްފި

Author
ހުސެއިން
28 އޮގަސްޓް 2022 07:20
0

އިސްލާމިކް މިިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲ، އިސްލާމިކް މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ ކަމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށާއި، މުސާރައާއި އިނާޔަތުގެ ބަދަލުގެ ގޮތުގައި 1.18 މިލިއަން ރުފިޔާ ބަދަލުގެ ދޭން ސިވިލް ސާވިސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މުސްއަބު 2019ވަނަ އަަހަރުގެ ސެޕްޓެމްބަރުމަހު ޕީއެސްކަމުގެ މަގާމުން ވަކި ކޮށްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަންގައި ބެހެއްޓުމަށްފަހުއެވެ.

ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން މުސްއަބުވަނީ އޭނާ ސްސްޕެންޝަންގައި ހުރި މުއްދަތުގެ މުސާރައާއި އިނާޔަތް ހޯދުމުގެ އިތުރުން އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅާދިނުމަށް ސިވިލް ސާވިސް ކޮމިޝަނާއި ސިވިލް ކޯޓުގައި ދެކޮޅަށް ދައުވާ ކޮށްފައެވެ. އެ ދައުވާގައި ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ އޭނާއާއި ދެކޮޅަށެވެ.

އެހެންނަމެސް އޭނާގެ ފަރާތުން ފަހުން ވަނީ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ހައިކޯޓުން ހުކުމް ކޮށްފައިވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށާއި، މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ 1،187،666.60ރ ކުރިޔަށް އޮތް 14 ދުވަހުގެ ތެރޭގައި އޭނާއަށް ދޭން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ހައި ކޯޓުން ކުރި ހުކުމުގައި އޭނާގެ ވަޒީފާ އަބުރާ އިއާދަ ކޮށްދީަފައި ނުވެއެވެ. ސަބަބެއް ކަމުގައި ހުކުމުގައި ބަޔާން ކޮށްފައިވަނީ، އޭނާ އަދާ ކުރަމުންދިޔަ މަގާމަށް މިހާރު އެހެން މީހަކު އައްޔަން ކޮށްފައި ވުމުގެ ސަބަބުންނެވެ.

ސިވިލް ސާވިސް ކޮމިޝަނުން މުސްއަބު ވަޒީފާއިން ވަކި ކޮށްފައިވަނި، އޭނާ ދައުލަތުގެ ސިއްރު ލިޔުމެއް ސޯޝަލް މީޑިއާގައި އާންމު ކުރުމާއި އަދި އޭގެ އިތުރުން މިނިސްޓްރީގެ މުވައްޒަފެއްގެ ގޮތުގައި ނުހިމެނޭ މީހަކު މުވައްޒަފެއްކަމުގައި ހިމަނާ އޭނާއަށް މުސާރަ ދީފައިވާކަމަށް ބުނާ މައްސަލައެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.