ޕޯސްޓުން މަސްތުވާތަކެތި އެތެރެ ކޮށްގެން ޒުވާނަކު ހައްޔަރު ކޮށްފި

ޕޯސްޓުން މަސްތުވާތަކެތި އެތެރެ ކޮށްގެން ޒުވާނަކު ހައްޔަރު ކޮށްފި

Author
ހުސެއިން
27 އޮގަސްޓް 2022 07:01
0

ޕޯސްޓުގެ ޒަރީއާއިން ރާއްޖެއަށް ޑްރަގް އެތެރެކޮށްގެން ޒުވާނަކު ހައްޔަރު ކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޯޓުން އޭނާ އެތެރެ ކޮށްފައިވާ ޑްރަގް އެއް ކިލޯއަށް އަރައެވެ. އަދި ހައްޔަރު ކޮށްފައިވަނީ 23 އަހަރުގެ އަންހެނެއްކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރިކަމުގެ ކުށުގައި އޭނާ ބަންދުކޮށް، ކުރިމިނަލް ކޯޓުން މިއަވަނީ އޭނާގެ ބަންދުގެ މުއްދަތަށް 5 ދުވަސްވެސް ޖަހާދީފައެވެ.

އޭނާގެ ބަންދުގެ މުއްދަތަށް 5 ދުވަސް ޖަހައިދެމުން ކުރިމިނަލް ކޯޓުން ބުނެފައިވަނީ އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައި ވާކަމަށާއި، އޭނާގެ މައްޗަށް އެކަށީގެންވާވަރަށް ހެކި ހުރިކަމަށެވެ. މިމައްސަލައާއި ގުޅޭ އިތުރު ތަފްސީލު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޕޯސްޓުގެ ޒަރީއާއިން ރާއްޖެއަށް ގިނަ އަދަދެއްގެ، އެކި ބާވަތުގެ ތަކެތި އެތެރެވަމުން ދާއިރު ފާއިތުވެދިޔަ ތަނުގައިވެސް މަސްތުވާތަކެތި ވަނީ ޕި ވަސީލަތުން އެތެރެ ކޮށްފައެވެ. އަދި ބައެއް ފަހަރަށް ބައެއް މީހުންނަށް ނޭގިވެސް އެމީހުންގެ ނަމުގައި ޕޯސްޓުގެ ޒަރީއާއިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.