ހުކުރު ދުވަހަކީ އާންމު ގޮތެއްގައި ގޭގައި އެންމެން ތިބޭ ދުވަހެއް ކަމުގައި ވުމުން ކޮންމެ ހަފްތާ އެއްގެ ވެސް ހުކުރު ކޮންމެވެސް ކާއެއްޗެއް ހެދުމަށް ހާއްސަ ވެގެންދެއެވެ.
ތަފާތު ރަހަތަކުގެ ކާނާ އަދި ހާއްސަ ބާވަތެއް ހެދުމަކީ ބައެއް ގޭގޭގައި ވަރަށް އާންމު ކަމެކެވެ. ހާއްސަކޮން ހުކުރުން އަންނަން ވާއިރަށް ގިނަ ގޭގޭގައި ސުފުރާމަތި ފަޅުފިލުވާލުމަށް ތަފާތު ބާވަތްތަށް ތައްޔާރު ކުރެއެވެ.
މި ހުކުރު މި ހާއްސަ ކޮށްލަނީ ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ ޖެކޮލީން އަށް ހާއްސަ ސެލެޑަކަށެވެ. މީ ޖެކޮލީނަށް އެންމެ ކަމުދާ އަދި އެންމެ މީރު ސެލެޑެވެ. މީ އޭނާ އަމިއްލަ އަށް ތައްޔާރު ކުރާ ސެލެޑެކެވެ.
މި ސެލެޑް ހެދުމަށް ބޭނުންވާނީ ތަފާތު ވައްތަރުގެ ފަތެވެ. އޭގެ ތެރޭގައި ބޭސަލް، ލެޓިއުސް، މިންޓް އަދި ސްވިސް ޗަޑް ހިމެނެއެވެ. އޭގެ އިތުރުން ޗެރީ ޓޮމާޓޯ، ކިއުކަމްބާ، އޮލިވްސް އާއި ފެޓާ ޗީޒް އަދި ތަފާތު ވައްތަރުގެ ނަޓްސް އެވެ. ޑްރެސިންގް އަށް ބޭނުން ވަނީ އޮލިވް އޮއިލް، ބަލްސަމިކް ސޯސް، ކުޑަ ލޮނުކޮޅެއް އަދި ޕެޕާ އެވެ.
މި ސެލެޑް ތައްޔާރު ކުރުމަށް ޖެކޮލީން އެންމެ ފުރަތަމަ ފަތްކޮޅު ތައްޓެއްގައި އަތުރާލަނިއެވެ. އެއަށް ފަހު އޭގެ މައްޗަށް ކިއުކަމްބާ އަދި ޗެރީ ޓޯމާޓޯ އާއި އޮލިވް އަޅަނީއެވެ. ދެން ޖީޒް ކޮޅު އެޅުމަށްފަހު ސަމްސަލަކުން އޮލިވް އޮއިލް ކޮޅު ސެލެޑްގެ މައްޗަށް ބުރުވާލާނީއެވެ. އެއަސް ފަހު ބަލްސަމިކް ސޯސް ކޮޅުވެސް ސަމްސަލަކުން ސެލެޑް ތަކުގެ މައްޗަށް ބުރުވާލާނީއެވެ. ދެން ނަޓްސްކޮޅު ވެސް ސެލެޑް މަށްޗަށް ބުރުވާލުމަށްފަހު ލޮނު އަދި ޕެޕާ ކޮޅުވެސް އަޅައިލާށެވެ.
ނަމަވެސް ކެއުމުގެ ކުރިން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލަން ވާނެއެވެ. ސެލެޑްގެ ރަހަގަނޑު ހުރިހާއެއްޗެއްގައި ހިފާނީ އޭރުންނެވެ. މިހާރު ހުންނާނީ ޖެކޮލިން 2.0 ސެލެޑް ތައްޔާރުވެފައެވެ.