ސުހައިލް އިސްތިއުފާ ދެއްވީއެއް ނޫން، ރިޓަޔަރ ކުރެއްވީ

ސުހައިލް އިސްތިއުފާ ދެއްވީއެއް ނޫން، ރިޓަޔަރ ކުރެއްވީ

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މިއަދު މަގާމުން އިސްތިއުފާ ދެއްވާފައިވާކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވަނިކޮށް އޭނާ ރިޓަޔަރ ކޮށްފައިވާކަން އެޗްޑީސީން ހާމަ ކޮށްފިއެވެ.

ސުހައިލް މަގާމުން ރިޓަޔަރ ކުރައްވާފައިވާކަން ހާމަކޮށް އެޗްޑީސީން އާންމުކުރި ބަޔާނެއްގައި އެކުންފުނިން ބުނެފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުން 25 އޯގަސްޓް 2022 ވަނަ ދުވަހުން ފެސީގެން ރިޓަޔަރ ކުރެއްވުމަށް ސުހައިލް ނިންމަވާފައި ކަމަށެވެ. އަދި ފައިތުވެދިޔަ މުއްދަތުގައި އެ ކޯޕަރޭޝަނަށް އޭނާ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާކަމަށްވެސް މި ނޫސް ބަޔާނުގައި އެ ކުންފުނިން ބުނެފައި ވެއެވެ.

މި ބަނާނުގައު ބުނެފައިވަނީ، ސުހައިލް މުހައްމަދު އެންމެ ފުރަތަމަ އެޗްޑީސީއާއި ގުޅިވަޑައިގެންފައިވަނީ 2001 ވަނަ އަހަރު ހުޅުމާލޭގެ ބިން ހިއްކުމާއި ތަރައްގީ ކުރުމުގެ މަސައްކަތްތަކަށް ވަކި އިދާރާއެއް އުފެއްދުމާއެކު ކަމަށެވެ. މިގޮތުން ހުޅުމާލެއަށް 200 އާއިލާ އެންމެ ފުރަތަމަ އާބާދު ވިއިރުވެސް ސުހައިލް ދިޔައީ އެ ކުންފުނީގެ އިސް މަގާމްތަކުގައި މަސައްކަތް ކުރައްވަމުން ކަމުގައި އެ ބަޔާނުގައި ފަހަގަ ކޮށްފައި ވެއެވެ.

އަދި މީގެ އިތުރުން ސުހައިލްއަކީ ހުޅުމާލެއަށް މީހުން ވަޒަންވެރި ވަމުންދިޔައިރު، ރައްޔިތުންނަށް އިތުރު ބޯހިޔާވަހިކަން ބޭނުންވެފައިވާ ކަމަށް ފާހަގަ ކުރެވި، ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު ކުރިޔަށް ގެންދިއުމުގެ މަސައްކަތް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން އައި ބޭފުޅާކަމަށްވެސް އެޗްޑިސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ބިޔޯންޑް ހުޅުމާލޭގެ ނަމުގައި އަތޮޅުތަކަށްވެސް އެޗްޑީސީގެ ތަޖުރިބާ ގެންދިއުމުގެ މަސައްކަތްވެސް އޭނާ ފައްޓަވާދެއްވާފައިވާކަމަށްވެސް އެޗްޑިސީން ބުނެފައި ވެއެވެ.

ސުހައިލްއަކީ ފާއިތުވެދިޔަ 4 ވެރިކަމުގައިވެސް އެޗްޑީސީގެ އިސްމަގާމްތަކެއް ފުރުއްވާ އެ ކޯޕަރޭޝަންއަސް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެވާފައިވާ ބޭފުޅެއްކަން ފާހަގަކޮށް، އެޗްޑީސީންވަނީ ސުހައިލްއަށް ޝުކުރު އަދާކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *