އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހުންނެވީ ބަރުލަމާނީ ނިޒާމަށް އެއްބަސް ނުވާނަމަ އެއްކަމެއްވެސް ނުކުރުމަށްކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ރައީސް ނަޝީދު މަސައްކަތް ފަށްޓަވާފައިވާއިރު ގިނަ ސިޔާސީ ލީޑަރުން ގެންދަވަނީ އެކަމާއި ދެކޮޅު ހައްދަވުމުންނެވެ. ބަރުލަމާނީ ނިޒާމް ގެނައުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށައަޅުއްވާ ގަރާރު ނެންގެވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ގޮވާލައްވާފައެވެ.
އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް (އިބުރާ) ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަތާ މިހާރު 3 އަހަރުވެފައިވާއިރުވެސް، ޝަރުޢީ ދާއިރާ ހަރުދަނާކުރުމަށް ޤާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހު ގެނެވިފައި ނުވާކަމަށެވެ. އެކަން ކުރަން އުޅޭ ކޮންމެ ފަހަރަކު އެކަމާ ނިޒާމް ބަދަލުކުރުމާ ގުޅުވާތީ، ރައީސް ނަޝީދު ހުންނެވީ ބަރުލަމަނީ އަކަށް އެއްބަސް ނުވަންޏާ އެއްކަމެއްވެސް ނުކުރަންކަމަށް އިބްުރާ ވިދާޅުވިއެވެ.
#MDP ah Majlihuge super majority onnathaa 3 aharuvegen dhiyairu, Judiciary harudhanaa kuran QA ah gennan jehey is'laah' nugenevi midhiyaee, ekan kuran ulhey konme faharaku ekamaa nizaam badhalukurumaa gulhuvaathy
Anni ehuree Barulamaanee akah ebbas nuvangnaa eh kamehves nukuraan
— Maverick Ibra (@ibramandhu) August 17, 2022
އިބުރާ ވިދާޅުވީ ޤާނޫނު އަސާސީއާއި ދައުލަތް ހިންގުމުގެ ނިޒާމަކީ ވަކި ޕާޓީއެއް ބޭނުންވާގޮތަށް ބައްޓަން ކުރަންޖެހޭ އެއްޗެއް ނޫންކަަމަށެވެ.
އެމްޑީޕީ ކޮންގްރެސްގައި ކުރަންވީކަމަކީ ޕާޓީ ހަރުދަނާކުރުމާއި، ޤާނޫނު އަސާސީއގައި ހުރި އުނިކަމެއް ފާހަގަކޮށް އެކަން އިސްލާހުރާނެ ގޮތް ހެދުން.
– އިބުރާ ވިދާޅުވިއެވެ.
QA aai dhaulaiy hingumuge nizaamakee vaki party eh beynunvaa gothah battan kuran jehey echcheh noon.
E ee hurihai rayyithun shaamil vaa kameh.#MDPCongress2022 gai kuranvee kamakee party harudhanaa kurumaai, QA gai huri unikameh faahaga koh ekan is'laah' kuraane goiy hoadhun.
— Maverick Ibra (@ibramandhu) August 17, 2022
ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް ރައީސް ނަޝީދު ތަޢީދުކުރެއްވިޔަސް އެހެން ސިޔާސީ ލީޑަރުން އެކަމަށް ތާޢީދު ނުކުރައްވައެވެ. ރައީސް ވަނީ ނަޝީދުގެ ބަރުލަމާނީ އިސްލާޙު އަނބުރާ ގެންދިއުމަށް ގޮވާލައްވާފައެވެ.
ރައީސް ސާލިހު ވިދާޅުވީ މިވަގުތަށް ރާއްޖެއަށް މުހިންމީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި، މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރައްވަންވީ ވަގުތު ނޫން ކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ އަދި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށްވުރެ އަދި އޮތީ މާ ޅަފަތުގައި ކަމަށެވެ. އަދި ނިޒާމާއި ގުޅޭގޮތުން ރައްޔިތުން ކައިރިއަށް ގޮސް މިކަމުގައި ވާހަކަދައްކާ، ރައްޔިތުންނަށް ނިޒާމު އޮޅުންފިލުވައިދީ، މިކަމާއި ގުޅޭގޮތުން ބަހުސް ކުރެވި، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް އޭގެ ފަހުން މަސައްކަތް ކުރެއްވިދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަށް ގަބޫލުކުރެއްވެނީ މިހާރު އޮންނަ ގޮތަށް ރައްޔިތުންގެ ސީދާ ވޯޓަކުން، ރައްޔިތުންގެ ފުރިހަމަ އަގުބަލިއްޔަތަކުން ހޮވޭ ރައީސަކާއެކު އެކުލެވޭ ސަރުކާރަކަށް ހިންގުމުގެ ބާރު އޮތުން ކަމަށެވެ. އަދި ދެވަނަ ކަމަކަށް ރައްޔިތުން އިންތިހާބުކުރާ މަންދޫބުންގެ މައްޗަށް އެކުލެވޭ ރައްޔިތުންގެ މަޖިލީހަކުން ގާނޫނު ހެދުމުގެ ބާރު އޮވެފައި މިނިވަންކަމާއެކީގައި ޝަރީއަތްކުރެވޭ ގޮތަށް ޖުޑިޝަރީ އޮތުމާއި، ތިންބާރު ވަކިކުރެވިފައި އޮތް މިފަދަ ނިޒާމެއް އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ނިޒާމް ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ