ނުރައްކާތެރި ޖެލީފިޝްތަކެއް ފެންނާތީ ހުޅުމާލޭ ގޮނޑުދޮށަށް އެރޭ މީހުން ސަމާލުވާން އެދިއްޖެ

ނުރައްކާތެރި ޖެލީފިޝްތަކެއް ފެންނާތީ ހުޅުމާލޭ ގޮނޑުދޮށަށް އެރޭ މީހުން ސަމާލުވާން އެދިއްޖެ

Author
ހުސެއިން
17 އޮގަސްޓް 2022 07:17
0

ހުޅުމާލޭ ބީޗް ސަރަހައްދުން ނުރައްކާތެރި ބާވަތެއްގެ ޖެލީ ފިޝްތަކެއް ފެންނަމުންދާތީ ބީޗަށާއި މޫދަށް އެރޭ މީހުން ސަމާލުވުމަށް އެޗްޑީސީ އިލްތިމާސް ކޮށްފިއެވެ.

ހުޅުމާލޭ އަތިރިމަތިން ފެންނަމުންދަނީ "ބްލޫ ބޮޓަލް" ނަމަކަށް ކިޔާ ބާވަތެއްގެ ޖެލީފިޝް ތަކެކެވެ. މި ބާވަތުގެ ޖެލީފިޝްތަކަކީ، ދިގު ފައިތަކެއް (ޓެންޓެކްލްސް) އޭގައި އެކުލެވޭ، އޭގެ ކެއުމަށް ބޭނުންވާ ދިރޭ ތަކެއްޗަށް ކަށިޖަހާ އެއްޗެކެވެ.

އެހެންނަމަވެސް، މި ޖެލީފިޝްގެ ކެއުމަށް ބޭނުންވާ ތިރޭތަކެތި މެރުމަށް ވިހައެއް ބޭނުންކުރި ނަމަވެސް، މި ވިހައަކީ އިންސާނުންނަށް ގެއްލުން ހުންނަ ވިހައެއް ނޫނެވެ. އެހެންނަމަވެސް މި ބާވަތުގެ ޖެލީފިޝް ގައިގައި ހަމުގައި ޖެހިއްޖެނަމަ ޖެހޭތަނެއްގައި ވަރަށް ބޮޑަށް ތަދު އިހުސާސް ވެއެވެ. އަދި 2 ގަޑިއެއްހާ އިރުފަހުން ތަދު ފިލައިގެން ދާއިރު، އޭގެ އަސަރުތައް (ރަތްކަން) މަދު ދުވަސްތަކެއްގެ ތެރޭގައި ގައިގެ ހަމުން ފިލައިގެން ދެއެވެ.

މި ބާވަތުގެ ޖެލީފިޝް ހުޅުމާލޭ ފޭސް ދޭއްގެ ގޮޑުށުން ފެންނަމުންދާއިރު ފޭސް އެކެއްގެ ގޮނޑު ދޮށުންވެސް މީގެ ޖެލީފިޝްތައް ދަނީ ފެންނެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.