ބީއެމްއެލްގެ ހިންގުން އައިޝަތު ނޫރައްދީންއާއި ހަވާލު ކޮށްފި

ބީއެމްއެލްގެ ހިންގުން އައިޝަތު ނޫރައްދީންއާއި ހަވާލު ކޮށްފި

Author
ހުސެއިން
14 އޮގަސްޓް 2022 07:35
0

ދިވެހު ގައުމީ ބޭންކު، ބޭންކު އޮފް މޯލްޑިވްސްގެ ހުންގުން، ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީންއާއި ހަވާލު ކޮށްފިއެވެ. ބޭންކުގެ ހިންގުން އައިޝަތު ނޫރައްދީންއާއި ހަވާލު ކޮށްފައިވަނީ، ބޭންކުގެ ސީއީއޯގެ މަގާމުގައި ހުންނެވި އިނގިރޭސިވިލާތުގެ ޓިމް ސޯޔާގެ ވަޒީފާގެ މުއްދަތު މިދިޔަ ޖޫން މަހު ހަމަކުރައްވާ، ރާއްޖެ ދޫކޮށް ވަޑައިގަތުމާއި ގުޅިގެންނެވެ.

ބޭންކުގެ މުވައްޒަފުންގެ ތެރެއިން އެބޭންކުގައި ހުންނެވި އެންމެ ދުވަސްވީ އެއް މުވައްޒަފަކީވެސް ޑެޕިއުޓީ ސީއީއޯގެ މަގާމްގައި ހުންނެވި އައިޝަތު ނޫރައްދީންއެވެ. އޭނާ އެންމެ ފުރަތަމަ ބޭންކު އޮފް މޯލްޑިވްސްއާއި ގުޅިވަޑައިގަތީ 1982 ވަނަ އަހަރު، މީގެ 40 އަހަރު ކުރިންނެވެ.

އޭނާ ބޭންކުގެ ހިންގުމާއި ހަވާލުވެ ވަޑައިގަތީ ފާއިތުވި ޖުލައިމަހުގެ 14 ވަނަ ދުވަހުއެވެ. އައިޝަތު ނޫރައްދީންވަނީ، މީގެ ކުރިންވެސް ތިން ފަހަރެއްގެ މަތިން، ބޭންކުގެ ވަގުތީ ހިންގުމާއި ހަވާލުވެ ވަޑައިގެންފައެވެ.

ބޭންކުގެ އާ ސީއީއޯގެ މަގާމަށް ކުރިމަތިލުމަށް ފާއިތުވި ޖޫންމަހު ވަނީ އިއުލާން ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.