ސޮނާކްޝީ ތަފާތު ގޮތަކަށް

ސޮނާކްޝީ ތަފާތު ގޮތަކަށް

Author
ފާތިމަތު ނާވީ
14 އޮގަސްޓް 2022 07:23
0

ވަރަށް ތަފާތު ލުކެއްގައި ސޮނާކްޝީ ސިންހާ އޭނާގެ އިންސްޓަގްރާމްގައި ފޮޓޯއެއް ހިއްސާކޮށްފިއެވެ. ވަރަށް ތަފާތު މޭކަޕް އަކާއި އެކުގައި އިންޑިއަން ހެދުމެއްގައި މިފޮޓޯ ޕޯސްޓް ކުރަމުން އޭނާ ލިޔެފައިވަނީ ކުރީގެ މަޝްހޫރު ލަވައެއްގެ ތަންކޮޅެކެވެ.

ބައެއް ރިޕޯޓްތަށް ބުނާގޮތުގައި މިއީ ސޮނާކްޝި "ހީރާ މަންޑީ" ގައި ފެނިގެންދާ ގޮތެވެ. ނަމަވެސް މިއީ ހަގީގަތެއް ކަމެއް އަދި ނޭގެއެވެ. މިހާރު އޭނާ އަންނަނީ ނިކިތިން ރޯއީގެ ފިލްމެއްގެ ޝޫޓް ކުރަމުންނެވެ.

މި ފޮޓޯ ޕޯސްޓް ކުރުމާއި އެކުގައި ސޮނާކްޝީގެ ލޯބިވެރިޔާ ކަމުގައިބުނާ ޒަހީރު އިގްބާލް ވަނީ ކޮމެންޓް ކޮށްފައެވެ. މީގެ އިތުރުން މިފޮޓޯ ވަނީ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ވައިރަލް ވެގެން ގޮސްފައެވެ.

ފޮޓޯގައި ބޮޑަށް ސޮނާކްޝީގެ ސްޓައިލް އަކީ "އުމްރާއޯ ޖާން"ގައި ރޭކާގެ ސްޓައިލްއެވެ. އަދި ފޮޓޯގައި އޭނާ ލިޔެފައިވަނީ ވެސް އެ ފިލްމުގެ ތަންކޮޅެކެވެ.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)

ސޮނާކްޝީ އަތުގައި މިހާރުވެސް ބޮޑެތި ޕްރޮޖެކްޓް ތަކެއް އެބަހުއްޓެވެ. އޭގެތެގޭގައި ސަންޖޭ ލީލާ ބަންސާލީ ނެޓްފްލިކްސްއަށް ހަދާ ވެބް ސީރީޒް "ހީރާ މަންޑީ" އާއި "ޑަބަލް އެކްސްއެލް" ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.