ރައީސް ޔާމީންގެ ސަރުކާރުން އުފެއްދި ދަރަނީގެ 3 ގުނަ މިސަރުކާރުން މިހާތަނަށް އުފައްދައިފި: ސައީދު

ރައީސް ޔާމީންގެ ސަރުކާރުން އުފެއްދި ދަރަނީގެ 3 ގުނަ މިސަރުކާރުން މިހާތަނަށް އުފައްދައިފި: ސައީދު

Author
މުޙައްމަދު ޝަޒައިމް
17 ނޮވެމްބަރ 2020 04:42
0

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަސް އަހަރުގައި އުފެއްދި ދަރަނީގެ 3 ގުނަ މިސަރުކާރުގެ ކުރިއަށް އޮތް އަހަރު ނިމޭއިރު އޭގެ ތިން ގުނައަށް އަރައިގެންދާނެ ކަމުގައި ޕީއެންސީގެ ނައިބް ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިސަރުކާރުން އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަޅުވަމުންދާތީ އެކަމަށް ރައްދު ދެއްވަމުން އޭރުގެ ސަރުކާރުގެ އިޤްތިޞާދީ ކަންކަން ބެލެހެއްޓެވި ސައީދު ވިދާޅުވީ ސަރަންޏަކީ އޮޅުވާލެވޭނެ އެއްޗެއް ނޫންކަމަށެވެ. ރައީސް އަބްދުﷲ ޔާމީންފެ ފަސް އަހަރުގެ ދައުރެއް ނިންމާލެއްވިއިރު ދަރަނި ހުރީ 41 ބިލިޔަން ރުފިޔާގައި ކަމަށެވެ. އެދަރަނި އެހާވަރަށް އިތުރުވީވެސް ރައީސް ނަޝީދުގެ ސަރުކާރުން ނަގާފައިވާ ދަރަނި އިންތިހާއަށް އިތުރުވެ ބުރަބޮޑުވުމުންކަމަށް ސައީދު ވިދާޅުވިއެވެ. ރައީސް ޔާމީން ނެންގެވި ދަރަނި ދައްކަން މިސަރުކާރަށް ނޭގޭނަމަ ވެރިކަމުން ފާބައި އެކަން ކުރެވޭ ބަޔަކާއި ހަވާލު ކުރުމަށް ސައީދު ވަނީ ގޮވާލާފައެވެ.

ސައީދު ވިދާޅުވީ މިސަރުކާރުގެ ދަރަނި އޮތްމިންވަރު ދައުލަތުގެ ބަޖެޓަށް އެކަނި ބަލައިލުމުންވެސް ފެންނަން އޮތްކަމަށެވެ. އެކަން ފޮރުވަން މިއަދު ރައީސް ނަޝީދު 4 މީހަކު ލައިގެން ޕޯޑިޔަމެއްފައި ކިތަންމެ އަޑަށް ބާރުލާފައި ވިދާޅުވިޔަސް ދަރަނި ނުފޮރުވޭނެކަމަށެވެ. ރައީސް ޔާމީންގެ ބޮލުގައި ދަރަނި އަޅުވާއިރު، މިސަރުކާރުގެ 3 އަހަރު ނިމިގެންދާއިރު ދަރަނި 83 ބިލިޔަނަށް އަރާނެކަމަށެވެ. މިއީ ރައީސް ޔާމީންގެ ފަސް އަހަރުގެ ދަރަންޏާއި ބަލާއިރު، 3 ގުނަ އިތުރު އަދަދެއްކަމަށް ސައީދު ވިދާޅުވިއެވެ.

ދަރަނި 2015 އިން 2018  އަށް ރައީސް ޔާމީންގެ ސަރުކާރު ނިމުނުއިރު ހުންނާނީ 41 ބިލިޔަން ރުފިޔާގެ ދަރަންޏެއް. އޭގެ ބޮޑު ބަޔަކީވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ނެގި ދަރަންޏާއި، އެއާޕޯޓްގެ މިނިވަންކަމަށް ދައްކަންޖެހުނު ދަރަނި. ރައީސް ޔާމީންގެ ވެރިކަމުގައި ނެގި ދަރަނީގެ ޖުމްލައަކ 11 ބިލިޔަން ރުފިޔާ. ރާއްޖޭގެ ދަރަނި 83 ބިލިޔަން ރުފިޔާއަށް އެބަރާ،. ވަޑާން ކުރަން ނޭގޭ ބަޔަކަށް ރައީސް ޔާމީންއަށް އިޤްތިޞާދު ކިޔަންދޭން ނޫޅުއްވާ

– ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މިސަރުކާރުން ހިންގަމުންދާ ނޭއްގާނީ ކަންކަމާއި ދެކޮޅަށް ޕީޕީއެމް ޕީއެންސީން ފާރަވެރި ވާނެކަމަށެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި ޕީޕީއެމް ޕީއެންސީން ފަހަތަށް ނުޖެހޭނެކަމަށެވެ. ސައީދު ވިދާޅުވި ކުރިއަށް 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާއި ހަވާލުވާނީ ޕީޕީއެމް ޕީއެންސީން ކަމަށާއި، ވެރިކަމާއި ހަވާލުވެ މިއަދު މިއޮތް ހާލަތު ބަދަލު ކުރާނެކަމަށެވެ. އެކަން ކުރާނީ ރައީސް ޔާމީންކަމަށް ސައީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.