ޑރ.އިޔާޒު، އާޒިމަށް: ސައިޒު އޮޅިވަޑައިގެން ނޫޅުއްވާ!

ޑރ.އިޔާޒު، އާޒިމަށް: ސައިޒު އޮޅިވަޑައިގެން ނޫޅުއްވާ!

Author
މުޙައްމަދު ޝަޒައިމް
02 އޮގަސްޓް 2022 10:26
0

ދީނީ އިލްމުވެރިޔާ، ޑރ.އިޔާޒަށް ދީނީ ދަރުސް ދިނުމާއި، ދީނީ ދިލްމު އުގައްނައިދޭން ފުރުސަތުދޭތީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމް ކަންބޮޑުވުން ފާޅު ކުރެއްވުމަށް ޑރ.އިޔާޒު އެވާހަކަތަކަށް ރައްދު ދެއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އެކި ޕްރޮގުރާމުތަކުގެ ތެރެއިން ތަފްސީރު ގުރުއާން ކުލާސް ނަގައި ދިނުމަށް ޑރ.އިޔާޒު ހަމަޖެއްސައި، އިޔާޒު މި ޕްރޮގުރާމު ކުރިއަށް ގެންދަވާތީ އެކަމާއި ހިތްހަމަޖެހި ވަޑައި ނުގެތް އާޒިމް ވަނީ އިއްޔެ ޓުވީޓު ކުރައްވާފައެވެ.

އާޒިމްގެ މިވާހަތަކަށް ރައްދު ދެއްވައި ޑރ.އިޔާޒު ވިދާޅުވީ ދީނީ އިލްމު އުގަންނައި ދިނުމަށް ފުރުސަތުދޭން ހެޔޮވަރުވާ މީހުންނާއި، ހެޔޮވަރު ނޫން މީހުން ކަނޑައަޅާނީ އަލީ އާޒިމް ނޫންކަމަށެވެ.

ފުރުޞަތުދޭން ހެޔޮވާވަރުގެ މީހުންނާއި އެނޫން މީހުން ކަނޑައަޅާނީ އަލީ އާޒިމް އެއް ނޫން. ސައިޒް އޮޅިވަޑައިގެން ނޫޅުއްވާ. ޑރ.އިޔާޒު ވިދާޅުވިއެވެ.

އާޒިމް އަކީ މީގެ ކުރިންވެސް ޑރ.އިޔާޒަށް ދީނީ ކަންކަމުގައި ފަތުވާ ދިނުމުގެ ހުއްދަ ދީފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޑރ.އިޔާޒަކީ މިސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރެކެވެ. ނަމަވެސް އިޔާޒަކީ ސަރުކާރުގެ ތެރޭގައި ހިނގާ އެކި ގޯސްތަކާއި، ދީނާއި ޚިލާފް ކަންކަމަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ފާޑު ވިދާޅުވާ ބޭފުޅެކެވެ.

ޑރ.އިޔާޒަކީ ދީނީ އިލްމު އުގަންނައި ދެއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެކެވެ. އެގޮތުން ތައުލީމީ ދާއިރާގައާއި، އެނޫން މަރުހަލާތަކުގައިވެސް އިސްލާމީ ތައުލީމް އުގަންނައި ދެއްވުމަށް ގިނަ މަސައްކަތްތަކެއް ޑރ.އިޔާޒު ގެންދަވަނީ ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެނގޭމީހާ
ކޮންމެ މީހަކީވެސް އެމީހެއްގެ ސައިޒުގެ މީހެއް
ފ ފަތުވާ
މިސަރުކާރުގަހިނގާ ކޮނަކަމަކަށް ތަ އިޔާޒު ފާޑުކީ... ރައީސް މީހާ ބޮލުގަޒިނޭގެ ތުހު.ަތު އެޅުވީއޭ ކިޔާފަ އެވހަޖ ދެއްކީ މީހާ4ހެކިންގެނެސްއެކަން ސާބިތު ކޮށްނުދެވިއްޖެއްޔާ 80 އެތިފަހަރުން ތައުޒީރުކޮށް އުމުރަށް ހެކިވަސް ގަބޫލު ނުކުރެވޭ ފާސިގެއްކަމަށް ކަނޑައެޅޭނެ ކަމަށް ބުނި. އެއީ އެންމެނަށްވެސް އެނގޭ ކަމއް. ޔާމީނު އަށް ހުކުމް ކުރ އިރުގައި އެ މައްސަލައިގަ ހިމެނޭ 2މީހެއްގެ ހެކިބަސް ނަފައިގެން ޔާމީނު އަށް ހުކުމް ކުރީމަ އެކަމާދެކޮޅަށްއެެއްޗެއްބުނަން ނުކެރުނު. އެންމެނަށްވެސް އިނގޭ ޖިނާއި ބޮޑު މައްސަލ އެއްވިއްޔާ ޝައްކެއް ނެތް މިންވަރަށް ސާބިތު ކޮށްދޭން ޖެހޭނެކަން. ދެން އެހެން މައްސަލަ އެއްވިއްޔާ އެކަށީގެން ވާ ހެކީގެ މައްޗަށް ބިނާކޮށްކަން ހުކުމް އިއްޗަންޖެހޭނީ.. އިޔާޒުމެންވެސްޒާތީ ވަނީ ބައެއް މީހުނާއެއީ ވާ ގޮތަކީ.. ދީނީފަގުޑު ކޮޅު ތުރކުރައްވައިގެން ދަރުސް ދީ ވައުލު ވިދާޅުވެ ނުވިތާކަށް ހިތްނުރުެްސަވާމީހަކށް ވިއްޔާ ޒާތީވރސް ވާންވޭ..