މިސްކިތަކުން ވައްކަން ކުރަން އުޅުނު ދެމީހުން ސީސީޓީވީގެ އެހީގައި ހައްޔަރުކޮށްފި

މިސްކިތަކުން ވައްކަން ކުރަން އުޅުނު ދެމީހުން ސީސީޓީވީގެ އެހީގައި ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
28 ޖުލައި 2022 09:48
0

މާލޭގެ މިސްކިތަކުން ވައްކަން ކުރަން އުޅުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މާލެ ސިޓީގެމޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލޭގެ މިސްކިތްތަށް ބެލެހެއްޓުމަށް މާލޭސިޓީކައުނން ޤާއިމްކޮށްފައިވާ ސީސީޓީވީ ނިޒާމުގެ އެހީގައި، ޖަލާލުއްދީން މިސްކިތުން ވައްކަން ކުރަން އުޅުނު ދެމީހަކު ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

މިސްކިތްތަކަކީ އަމާން ރައްކާތެރި ތަންތަނަށް ހެދުމަށް އެންމެން އެކަމުގައި މަސައްކަތް ކުރުމަށް މޭޔަރު ވަނީ އެދިވަޑައިގެންފައެވެ.

މާލޭގެ މިސްކިތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ނިންމާ، އެ މަސައްކަތަށް ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މާލޭގެ 42 މިސްކިތެއް ބަލަހައްޓަމުން އަންނަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

މުޢިއްޒު ވިދާޅުވީ މި ވަސީލަތާއެކު މާލޭގެ މިސްކިތްތައް ކޮންމެ ދުވަހެއްގެ 24 ގަޑިއިރަށް ބެލެހެއްޓެމުންދާނެކަމަށެވެ. މާލޭގެ މިސްކިތްތަކުގައި ކެމެރާ ހަރުކުރުމަށް ނިންމާފައިވަނީ މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ޢަމަލުތައް ހިންގަމުންދާކަން ފާހަގަކުރެވޭތީއާއި، އަދި މިސްކިތުގައި ހުންނަ ސަމާނު ވަގަށްނެގުންފަދަ ކަންކަން ބައެއް މީހުން ކުރަމުންދާތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.