ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށްފި

ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
26 ޖުލައި 2022 03:06
0

ކުޑަކުއްޖަކަށް އެއްޖިންސުން ގުޅުންހިންގާ ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ސްކޫލެއްގެ ޓީޗަރަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާލޭގައި 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިމަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު 52 އަހަރުގެ އިންޑިއާގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ އިސްކަންދަރު ސްކޫލުގެ ޓީޗަރެކެވެ.

ފުލުހުން ވިދާޅުވީ ހައްޔަރުކުރި މިހާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުޤީޤްކުރަމުންދާކަމަށްވެސް ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.