ހުޅުމާލޭގައި ހިނގާ މީހުންނަށް ރައްކާތެރިކަމާ އެކު މަގު ހުރަސް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ޕެޑެސްޓްރިއަން ކްރޮސިން ޓްރެފިކް ލައިޓް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.
އެޗްޑީސީއާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޒެބްރާ ކުރޮސިންއަށް ޚާއްސަ ލައިޓްތައް ހަރުކުރުމުގެ މަސައްކައް އެ ކުންފުނިން ކުރަމުން އަންނަނީ، މަގު ހުރަސް ކުރާ މީހުންނަށާއި އަދި ދެއްވާ އެއްގަމު އުޅަދުތަކަށް، ބޮޑު އާބާދީއެއް މިރަށަކީ ރައްކާތެރި ތަނަކަށް ހެދުމަށް އެކުންފުނިން ކުރަމުން އެކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުނެވެ.
މިގޮތުން ހުޅުާލޭ ހޮސްޕިޓަން ހުންނަމުގައި މި ލައިޓްތައް ހަރު ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ދިޔަނަނަމެސް، ކުރިޔަށް އޮތް ތަނުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މީގެ ލައިޓްތައް ޖެހުމަށް ނިންމާފައިކަމަށް އެކުންފުނިން ހާމަކޮށްފައިވާ ކަމަށް ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.
ހުޅުމާޅެގައި މިހާރު ހަރުކުރެވެމުންދާ ލައިޑްތަކުން މަހު ހުރަސްކުރަންވީ ވަގުތު ސާފުކޮށް އަންގާ ދޭއިރު، މަގު ހުރަސްކުރުން ރައްކާތެރި ނޫންކަންވެސް އަންގާ ދޭނެއެވެ.
ބިރުވެރިކަން އުފެދޭ ގޮތަށް ހުޅުމާލެގައި ވެހިކަލް ދުއްވުން ހުއްޓުވުމަށްޓަކާ ވަކި ވަގުތުތަކެއްގައި ހުޅުމާލޭގައި ފުލުހުން ސްޕީޑް ގަން ބޭނުންކުރަން ފަށާނެ ކަމަށް މީގެކުރިން ފުލުހުންވަނީ ބުނެފައެވެ. އަދި ނުރައްކާތެރިކޮށް ދުއްވާ ވެހިކަލް ހުއްޓުވައި އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ ކުރިން ވެރިރަށް މާލޭގައިވެސް ޓެރްފުކް ލައިޓްތައް ހަރުކޮށްފައި ވެއެވެ. އެހެންނަމަސް މި ލައިޓްތައް މާލޭގައި ވަނީ ފަހުން ބޭނުންކުރުން ހުއްޓާލާފައެވެ.