މަޝްހޫރު ބޮލީވުޑް އެކްޓަރ ޝާހިދު ކަޕޫރާއި ޒުވާން ބަތަލާ ކްރިތީ ސެނޮން އެކުގައި ފިލްމަކުން ފެންނަން އުޅޭކަމަށް ޚަބަރުތައް ބުނެފިއެވެ.
މި ދެތަރިން އެކުގައި ފިލްމަކަށް ސޮއި ކޮށްފައި ވަނީނަމަ މިއީ މި ދެތަރިން އެކުގައި ކުރާ ފުރަތަމަ މަސައްކަތެވެ.
އޮކްޓޯބަރުގައި މި ފިލްމްގެ މަސައްކަތް ފަށާނެ ކަމަށާއި ދެތަރިންވެސް ފިލްމަށް އާނ ބަސް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއީ ރޮމޭންޓިކް ފިލްމެއް ކަމަށާއި ފިލްމުގެ ޝޫޓިންގ އިންޑިއާ އާއި ޔޫރަޕްގެ ބައެއް ގަމުތަކުގައި ކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ.
ދިނޭޝް ވިޖަން ޕްރޮޑިއުސްކުރާ މި ފިލްމާ ބެހޭގޮތުން މިހާތަނަށް އަދި އެއްވެސް މައުލޫމާތެއް ރަސްމީކޮށް އެއްވެސް ފަރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.