ޢިލްމުވެރިންނަށް އަނިޔާވެރި ނުވާނެކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ތަކުރާރުކޮށް ޓްވީޓްކުރައްވާތީ، ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝިފާޤް މުފީދު (ހިސްޓޯ) ހޫނު ރައްދެއް ދެއްވައިފިއެވެ.
ދީނީ ދެ ޢިލްމުވެރިން ހައްޔަރުކޮށްގެން ބަންދުގައިބައިތިއްބާތީ ހޯމް މިނިސްޓަރ ޢިމްރާނާއި ސަރުކާރަށާއި، އަދާލަތު ޕާޓީއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މިކަމާއި ގުޅިގެން ދިފާޢުގައި މިނިސްޓަރ ޢިމްރާނާއި އަދާލަތު ޕާޓީން ގެންދަނީ ޓްވީޓް ކުރަމުންނެވެ.
މިކަމާއި ގުޅިގެން ރައްދު ދެއްވާ ހިސްޓޯ ވިދާޅުވީ، އިރުއިރުކޮޅާ "ކާކާގޮވަނީ" ލޯޔަލް ލިވާތާއި އުލުބޭންދި ޝައިޚުންގެ ވާހަކައިން މީޑިއާގެ ފޯކަސް ގެއްލުވައިލަންކަމަށެވެ.
ކިތަންމެ ވާގިލާ ބުންޏަސް ރޯޔަލް ގޯނާއާއި ލޯޔަލް ލިވާތުގެ މައްސަލަތައް އޮއްބައިލުމާއި ޢިލްމުވެރިންނަށް ދެމުންއެދާ އަނިޔާގެ މުގުލުގައި އޮތީ ތިޔަޕާޓީ ނޫންކަމަކަށް ނުވާނެ.
– ހިސްޓޯ ވިދާޅުވިއެވެ.
އިރުއިރުކޮޅާ ތިޔަ ކާކާގޮވަނީ ލޯޔަލް ލިވާތާއި އުލުބޭންދި ޝައިޚުންގެ ވާހަކައިން މީޑިއާގެ ފޯކަސް ގެއްލުވައިލަން.
ކިތަންމެ ވާގިލާ ބުންޏަސް ރޯޔަލް ގޯނާއާއި ލޯޔަލް ލިވާތުގެ މައްސަލަތައް އޮއްބައިލުމާއި ޢިލްމުވެރިންނަށް ދެމުންއެދާ އަނިޔާގެ މުގުލުގައި އޮތީ ތިޔަޕާޓީ ނޫންކަމަކަށް ނުވާނެ.— Histo (@ShifaqMufyd) July 18, 2022
ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ދީނީ ދެ ޢިލްމުވެރިން ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ. އެ ޢިލްމުވެރިން ބަންދުގައި ތިއްބަވާތާ މިހާރު ވަނީ މަހެއްހާ ދުވަސް ވެފައެވެ. ނަމަވެސް އެއްޖިންސުން ގުޅުންހިންގި މައްސަލާގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށްފައިނުވާތީ ގިނަ ބަޔަކު ފާޑުކިޔަމުން ދެއެވެ. އޭގެ ތެރޭގައި ސިޔާސީ ވާހަކަ މީގެކުރިން ދައްކާފައިނުވާ އެތައް ޢިލްމުވެރިންނެއް ވަނީ މިނިސްޓަރ އިމްރާނަށް ފާޑުވިދާޅުވެފައެވެ.
ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ފުލުހުން ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރ ޢިމްރާނެވެ. މިކަމާއި ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ރޭ ޢިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އެއްވެސް މީހަކަށް އަދި ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިއަކަށް އޭނާ އަނިޔާއެއް ނުދެއްވާނެ ކަމަށެވެ. އަދި އިލްމުވެެރީން ހައްޔަރު ކޮށްގެން ގެންގުޅުމާ އެމަނިކުފާނާ ގުޅުމެއް ނެތް ކަމަށް ދައްކަވަން ވިދާޅުވީ އަނިޔާ ލިބޭ މީހުންގެ ދުއާއިން ރައްކާތެރިވުމަށް ފުލުހުންނާއި ކަރެކްޝަންގެ އޮފިޝަރުންނަށް އަބަދުވެސް އިލްތިމާސް ކުރައްވާކަމަށެވެ.
ހޯމް މިނިސްޓާރ މިހެން ވިދާޅުވެފައިވާއިރު، ޔޯގާ ފަތުރަން ގަދަބާރު ދައްކަމުންދާ ބޭރު ގައުމެއްގެ ނުފޫޒަށް ދީނީ ދެ އިލްމުވެރިއެއްގެ ބަންދުގެ މުއްދަތު، ހައްގަކާއި ނުލައި ދިގުކޮށް ދެމެހެއްޓުމަށް ކޯޓްގައި އެދެމުންދާ ދިއުމަކީ ހޯމް މިނިސްޓަރަކަށް ދީނީ އިލްމުވެރިއަކު ހުންނަވައިގެން ކުރައްވަން ވަރަށް ހުތުރުކަން ބޮޑުވެގެންވާ ކަމެއްކަމަށް ވިދާޅުވެ ދީނީ ޢިލުމުވެރިންގެ ފާޑުކިޔުން ޢިމްރާނަށް އަމާޒުވެފައިވެއެވެ.