ބޮލިވުޑްގެ މަޝްހޫރު އެކްޓްރެސް ކަންގަނާ ރަނާވަތުގެ ކުރިއަށް އޮތް ފިލްމު "އިމަޖެންސީ" ގައި އޭނާ ފެނިގެންދާގޮތް ދައްކާލައިފިއެވެ.
މި ފިލްމަކީ އިންޑިއާގެ ބޮޑުވަޒީރުކަން މިހާތަނަށް ކުރެއްވި ހަމައެކަނި އަންހެން ބޭފުޅާ އިންދިރާ ގާންދީގެ ވެރިކަމުގައި ސިޔާސީ ގޮތުން އުފެދުނު ހަލަބޮލިކަމާއި އިއުލާންކުރި އިމަޖެންސީއާ ހެދި ދިމާވި ކަންކަމަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
ފިލްމުގެ ފުރަތަމަ "ލުކް" އާންމުކޮށްފައިވާއިރު ގިނަ ބައެއްގެ ތައުރީފް އަންނަނީ ލިބެމުންނެވެ. އަދި ކަންގަނާ އާއި އިންދިރާ ވަރަށް ވައްތަރު ކަމަށް ވަނީ ބުނެފައެވެ.
The epic story of Independent India’s darkest hour.
As we commence shoot, sharing a glimpse of #Emergency#EmergencyFirstLookhttps://t.co/t14SjqyDEb#KanganaRanaut @nishantpitti #AkshtRanaut @writish @gvprakash @manojmuntashir pic.twitter.com/FsD0Hk3ixZ— Manikarnika Films Production (@ManikarnikaFP) July 14, 2022
"އިމަޖެންސީ" އަކީ ކަންގަނާގެ ޕްރޮޑަކްޝަން ހައުސް، މަނިކަރްނިކާގެ ދަށުން އޭނާ ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓުވެސް ކުރާ ފިލްމެކެވެ. މިއީ ކަންގަނާގެ ދެވަނަ ޑައިރެކްޝަނަށެވެ.
ކަންގަނާ އެންމެ ފަހުން ފެނިގެން ދިޔައީ ފްލޮޕް ފިލްމް "ދާކަޑް" އިންނެވެ. ފިލްމުގެ ނާކާމިޔާބީ އާއެކުގައި، ނެޝްނެލް އެވޯޑް ތިން ފަހަރު ހޯދައިފާ ބަތަލާގެ ކުރިއަށް އޮތީވެސް ތަފާތު ފިލްމްއެކެވެ.
ދެން އެންމެ އަވަހަށް ކަންގަނާ ފެންނާނީ އޭނާ އަސްކަރީ ޕައިލެޓެއްގެ ރޯލުން ފެންނަ ވަތަނީ ފިލްމު "ތޭޖާސް"އެވެ. "އިމަޖެންސީ" ނެރޭނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ.