އަޝްފާޤު ސެމީއަށް، ޝުކުރު ރައްޔިތުންނަށް

އަޝްފާޤު ސެމީއަށް، ޝުކުރު ރައްޔިތުންނަށް

ގުޅުންހުރި

އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގެ ކުއާޓާ ފައިނަލުގެ ވޯޓު ކާމިޔާބުކޮށް ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

ސެމީއަށް ދަތުރުކުރުމާއިއެކު އަޝްފާގުވަނީ ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ބުނެފައިވަނީ މި ޕޯލް ކާމިޔާބު ކުރުމަށް ސަޕޯޓަރުންނާއި، ދިވެހި އެންމެހާ ރައްޔިތުން ދެއްވި ވޯޓާއި، ވޯޓު ހޯއްދެވުމަށް ކުރެއްވި ބުރަ މަސައްކަތަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާކަމަށެވެ.

އަޝްފާޤު ސެމީއަށް ދަތުރުކޮށްފައިވަނީ ވަރަސް ވާދަވެރިކޮށް %51 ވޯޓުންނެވެ. އޭނާއާއި ވާދަކުރި ވިއެޓްނާމުގެ އެންގުޔެން ވެން ލިބިފަިއވަނީ %48 ވޯޓެވެ.

އޭއެފްސީ މިހާރު ކުރިއަށްގެންދާ ބްރެކެޓް ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރާ އިރު، މި ޗެލެންޖުގައި އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކެވެ. ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ވާދަކުރާ އިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާ އެވެ.

މި ޗެލެންޖުގެ ކުއާރޓާ ފައިނަލުގެ ކުރިމަތިލުމުގެ ވޯޓްނެގުން މިހާރު އެކި ކުޅިންތެރިންނަށް ކުރިއަށްދާ އިރު، ދަގަނޑޭއާ ވާދަކުރަމުން ދަނީ ހަނޯއީ އެފްސީއަށް 2017 ވަނަ އަހަރު ކުއެޓް ޖެހި ސިޒާ ކިކް ގޯލެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *