މާލެ އަތޮޅު ކައުންސިލް އިދާރާއަށް ކާރަކާއި، ވޭނެއް ހޯދަނީ

މާލެ އަތޮޅު ކައުންސިލް އިދާރާއަށް ކާރަކާއި، ވޭނެއް ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
12 ޖުލައި 2022 09:52
0

މާލެ އަތޮޅު ކައުންސިލް އިދާރާއަށް ކާރަކާއި، ވޭނެއް ހޯދުމަށް ހުޅުވާލައިފިއެވެ.

މާލެ އަތޮޅު ކައުންސިލުން އިއުލާން ކޮށްފައިވާ އިއުލާނުގައި ބުނެގައިވަނީ މިމަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

އެކައުންސިލުން ބުނެފައިވަނީ ރަޖިސްޓްރީކުރުމަށްޓަކައި އިޢުލާނާއެކުގައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު އެއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރެއްވުން އެދޭކަމަށެވެ. ރަޖިސްޓްރީކުރެވުނު ފަރާތްތަކަށް މެއިލްގެ ޒަރީޢާއިން އެކަން އެންގޭނެކަމަށް މާލެ އަތޮޅު ކައުންސިލް އިދާރާއިން ވަނީ ބުނެފައެވެ. މިމުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ކަމަށާއި، ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ފޯރުކޮށްދެވޭނެކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

ރަޖިސްޓްރޭޝަނަށްފަހު ބީލަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 31 ވާ އާދިއްތަ ދުވަހުގެ 10:30 ގެ ކުރިން ބީލަން ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. ބީލަން ހުށަހަޅުއްވާނީ މާލެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ކ. ތުލުސްދޫއަށެވެ.

މާލެ އަތޮޅު ކައުންސިލް އިދާރާއިން ދަނީ އެއިދާރާގެ ހިންގުން ހަރުދަނާކޮށް، ޚިދުމަތްތަށް އެންމެ ރަނގަޅު ފެންވަރުގައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.