އާޒިމްގެ ސުވާލެއް: ކުޅިވަރާއި މަޖަލަކީ މުޅިން ހަރާމް ކަންކަންބާ؟

އާޒިމްގެ ސުވާލެއް: ކުޅިވަރާއި މަޖަލަކީ މުޅިން ހަރާމް ކަންކަންބާ؟

Author
މުޙައްމަދު ޝަޒައިމް
12 ޖުލައި 2022 04:44
0

ބޮޑީބިލްޑިންގެ ނަމުގައި ބިކިނީ ދައްކައިލެވޭ އިވެންޓް ބޭއްވުމަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިހް ޝަފީއު ކުރެއްވި ޓުވީޓާއި ގުޅިގެން އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމްގެ ސުވާލެއް ކުރިމަތި ކުރަވައިިފިއެވެ.

ބޮޑީބިލްޑިންގ ޗެމްޕިއަންޝިފް ރާއްޖޭގައި ބޭއްވުމާއި ދެކޮޅަށް ދީނީ ބައެއް ޢިލްމުވެރިން ދަނީ ޝުޢޫރު ފާޅު ކުރަމުންނެވެ. މިގޮތުން މީގެ ކުރިން ބޮޑީބިލްޑިން ބޭއްވި ވަރަށް ވުރެއް މާގޯސްކޮށް މިފަހަރު މީހުން ދިރިއުޅޭ ރަށެއްގައި މިކަން ކުރުމަކީ ވަރަށް ދެރަ ކަމެއްކަމަށް އިލްމުވެރިން ދަނީ ވިދާޅުވަމުންނެވެ.

ޝައިޚު ޝަފީޢުގެ ވާހަތަކާއި ގުޅިގެން އާލީ އާޒިމް ވަނީ ރާއްޖޭގައި ކުޅޭ ކުޅިވަރުތަކާއި، ކުރާ މަޖަލަކީ މުޅިން ހަރާން ކަންތައްތޯ ސުވާލު ކުރައްވާފައެވެ. ވަކިވަކި ކަންކަމަށް އަލި އަޅުވާލައި އާޒިމް ވިދާޅުވީ ފުރަތަމަ ގޯސްކަމަށް ވާހަކަ ދެއްކީ ލަވަޔާއި، މިޔުޒިކު ކަމަށާއި، އެއަށްފަހު ޔޯގާއާއި، އެނޫންވެސް ކުޅިވަރުތައް ކަމަށެވެ. އަދި މިހާރު ބޮޑީ ބިލްޑިން މުބާރާތަށް ފާޑުކިޔާއިރު، ކުރިއަށް އޮތްތަނުގައި ފުޓުބޯޅަވެސް މިލިސްޓުގައި ހިމެނިދާނެ ކަމާއިމެދު އާޒިމް ވަނީ ސުވާލު އުފައްދަވާފައެވެ.

ފުރަތަމަ ލަވަޔާއި، މިޔުޒިކު، ދެން ޔޯގާ، އެއައަށްފަހު ބޮޑީބިލްޑިން ދެން ފުޓުބޯޅަ އާއި އެހެން ކުޅިވަރު. ކުޅިވަރާއި މަޖަލީ މުޅިން ހަރާމް ކަންކަންބާ؟

– އަލީ އާޒިމް ކުރި ޓުވީޓުގައި ވިދާޅުވިއެވެ.

ބޮޑީ ބިލްޑިން މުބާރާތާ ގުޅިގެން ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ކޮށްފައިވާ ޓްވީޓަކާއި ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ، ގައުމުގައި އެއްޖިންސުން ގުޅުން ހިންގުމާއި ފާހިޝް އަމަލުތައް އާއްމުވެފައިވާ ވަގުތެއްގައި އަނެއްކާވެސް އެފަދަ ކަންކަމަށް ހިތްވަރުލިބޭގޮތަށް ދެޖިންސުގެ މީހުން ވަނާތައް ފާޅުކޮށް އިތުރު ގެއްލުން ހައުމާއި ރަޢްޔިތުންނަށް ލިބޭފަދަ ކަންތައް ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިސިކް ސްޕޯޓްސް ޗެމްޕިއަންޝިޕް މާފުށީގައި ބޭއްވުމަށް ނިންމާފައިވާއިރު، މި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތުގައި 28 ގައުމަކުން 500 އަށްވުރެ ގިނަ އެތްލީޓުން ބައިވެރިވުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

I Ibbe
Ali Azimah thiya haraamkanthah kiyAameehun kurAakanthah balaabalaasheve eyrun keyokaifaihurivaru engeyne eve
ަ ަލަތީ
މިހާރު ތިހުންނެވީ އަތްދޮށްލާފަ ބާލަން ވެފަ. އަލުން ސުމަކުން ފަށަންވީ.
ަ ަޅ
މިހާރު ތިހުންނެވީ އަތްދޮށްލާފަ ބާލަން ވެފަ. އަލުން ސުމަކުން ފަށަންވީ.
ހ ހަޖަމުއްލާ
އާޒިމަށް ސުވާލެއް، ދީނުގެ ޙުކުމްތަކަކީ އާޒިމު ބޭނުންގޮތަކަށް ނުވަތަ އާޒިމުގެ ހަވާނަފްސާ އެއްގޮތަށް އޮންނަންޖެހޭ އެއްޗެއްތަ؟ ޢާޒިމޫ ކަލޭ ތިތާ އިނދެ ހަދާ ގާނޫނުތައް ތަރުޖަމާކުރަން ތިޔަ މަޖިލިހުން އޮވޭ ގާނޫނެއް ހަދާފަ އާޒިމު އެ ތަރުޖަމާ ކުޅައަސް ތަރުޖަމާ ކުރަންޖެހޭނީ އެއާ އެއްގޮތަށް. ހިތުހުރިގޮތަކަށް ނޫން. ދީނުގެ ޙުކުމްތައް ނެރުމުގަ ތަބާވަނީ އުޞޫލުލްފިޤުހުގެ ހަމަތަކަށް. އަދި އެހަމަތައް ބޭނުންކުރުމުގައިވެސް ޚިޔާލުތަފާތުވުން އުފެދި ޙުކުމްތައް ތަފާތުވޭ. ގާނޫނަށްވެސް ހަމަ އެހެންވޭ. މާނަކުރުމުގެ ހަމަތަކާ ބެހޭ ގާނޫނު ކުރިމަތީ ބާއްވައިގެން ތަރުޖަމާކުރިޔަސް ތަރުޖަމާކުރުން ތަފާތުވޭ. އެހެންވީމަ އެންމެ ރަނގަޅުގޮތަކީ ހަޖަމުކޮށްލުން. ނަމަވެސް އާޒިމަކީ ޑިމޮކްރަސީގެ ނަމުގައި އުޅުނަސް ހަޖަމު ގޯސްވެފަ ހުރި މީހެއް. އެމްޑީޕީގެ ގިނަ މީހުންގެ ހާލަކީ މިއީ.