ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ބޭއްވުމަށް ނިންމައިފި

ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ބޭއްވުމަށް ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
06 ޖުލައި 2022 05:21
0

މިއަހަރުގެ އަޟްޙާ ޢީދު ނަމާދު މާލެ ސަރަޙައްދުގައި ބޮޑުޖަމަޢާތުގައި ކުރާގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދުން މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި ބޮޑު ޖަމާޢަތުގައި އަޟްޙާ އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ބޮޑުޖަމާޢަތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލޭގެ މާފަންނު ސްޓޭޑިއަމް، ހުޅުމާލެ ސްޓޭޑިއަމް (ސިންތެޓިކް ޓްރެކް) އަދި ވިލިމާލެ ބޯޅަދަނޑުގައެވެ.

ޢީދު ނަމާދަށް ދާއިރު ކޮންމެ މީހަކުވެސް ގެއިން ވުޟޫކޮށްގެން ދިއުމަށާއި އަމިއްލަ މުސައްލައެއް ގެންދިއުމަށާއި އަމިއްލަ ފެންފުޅިއެއް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި ފައިވާންލާނެ ކުޑަ ދަބަހެއް ނުވަތަ ކޮތަޅެއް ގެންދިއުމަށްވެސް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ޢީދު ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައެވެ. މިއަހަރުގެ އަޞްހާ ޢީދު ދުވަހަކީ އަންނަ ހޮނިހިރުދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.