ނުކުޅެދުންތެރިކަން ހުންނަ އަންހެނަކު ރޭޕްކުރި ދެމީހަކު 15 އަހަރަށް ޖަލަށް

ނުކުޅެދުންތެރިކަން ހުންނަ އަންހެނަކު ރޭޕްކުރި ދެމީހަކު 15 އަހަރަށް ޖަލަށް

Author
މުޙައްމަދު ޝަޒައިމް
03 ޖުލައި 2022 10:19
0

ނުކުޅެދުންތެރިކަން ހުންނަ އަންހެނަކު ރޭޕްކުރި ދެމީހަކު 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ 31 ޖުލައި 2020 ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައްޑޫސިޓީ ހިތަދޫގައި ނަފްސާނީ ގޮތުން ނުކުޅުދުންތެރިކަމެއް ހުންނަ އަންހެނަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށް އޭނާއާމެދު ގަދަކަމުން ބަދުއަޙްލާޤީ ޢަމަލު ހިންގި މައްސަލާގައި ކ. މާލެ، ދަފްތަރު ނަންބަރު 963، މަޚްތޫމް މޫސާ ދީދީއާއި، ސ. ހިތަދޫ، ޒަހާމަންޒިލް، ޢަލީ ޝިމާޢު ޒުބައިރުގެ މައްޗަށް މިއަދު ހުކުމް އިއްވާފައިވާ ކަމަށެވެ.

ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި، ނުކުޅުދުންތެރިކަމެއް ހުރި މީހަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުވެއްޖެކަމަށް ކަނޑައަޅައި ޖިންސީ ކުށުގެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގެ ދަށުން، މި ދެމީހުން 15 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.

ހާދިސާ ހިނގި ދުވަސްވަރު ފުލުހުން ވިދާޅުވެފައި ވަނީ 30 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކު ވަނީ ނުކުޅެދުންތެރިކަން ހުންނަ 48 އަހަރުގެ އަންހެން މީހާ ރޭޕް ކޮށްފައި ކަމަށެވެ. އެހާދިސާ އާއި ގުޅިގެން އަންހެން މީހާއަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުނެވެ.

ދެފިރިހެނުން ވެގެން ނުކުޅެދުންތެރިކަން ހުންނަ އަންހެން މީހާ ރޭޕް ކުރި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ މިބާވަތުގެ އެހެން މައްސަލަތަކެކޭ އެއްފަދައިން ސިއްރުން ކަމަށްވާތީ މިމައްސަލައިގެ އިތުރު ތަފްސީލެއް ނުލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.