ލަފާ ފުރުމަށް ދަތިކަން ޙައްލުވެ ޖާގަތަނަވަސް ބަނދަރެއް ލިބުމަކީ އދ.ހަންޏާމީދޫ ރައްޔިތުން ދެކެމުންއައި ހުވަފެނެކެވެ.
ހަންޏާމީދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މިމަޝްރުޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުއެވެ.
ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ %86 މަސައްކަތް ވަނީ ނިމިފައެވެ. އެމްޓީސީސީން ބުނެފައިވަނީ އެއްގަމު ތޮށިލުމާއި، ބަނދަރުގެ ޕޭވްމެންޓްގެ މަސައްކަތް ވަނީ ނިންމާލެވިފައިކަމަށެވެ. އަދި މަގުބައްތި ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރެވެމުންކަމަށެވެ.
އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 86 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފަ. އެއްގަމު ތޮށިލުމާއި، ބަނދަރުގެ ޕޭވްމެންޓްގެ މަސައްކަތް ވަނީ ނިންމާލެވިފަ. އަދި މަގުބައްތި ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރެވެމުން. #MTCCProjects #RayyithungeKunfuni pic.twitter.com/vYwnxU66wU
— MTCC Plc (@MTCCPlc) June 28, 2022
ހަންޏާމީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢާއެކު ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 204 މީޓަރު ބޮޑުހިލައިގެ ބޭރުތޮށްޓެއް ލުމާއި 266 މީޓަރު އެއްގަމުތޮށްޓެއް ލުމާއި 160 މީޓަރު ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި 1330 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި 6363.1 އަކަމީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި 404 އަކަމީޓަރަށް ނެރު ފުންކުރުމާއި 12 މޫރިންބްލޮކްސް ޖެހުމާއި 2 ނެރުބައްތި ޖެހުމުގެ އިތުރުން 14 ބަނދަރު ބައްތި ޖެހުން ހިމެނެއެވެ.
ހަންޏާމީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ސަރުކާރުން 32.2 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ކޮމެންޓު ފޮނުވާ