ލާދީނީ މީހުން ލިވާތުގެ ދިފާއުގައި ނުކުންނާނެކަން މާކުރިންވެސް އެނގޭ: ޒައިދު

ލާދީނީ މީހުން ލިވާތުގެ ދިފާއުގައި ނުކުންނާނެކަން މާކުރިންވެސް އެނގޭ: ޒައިދު

Author
މުޙައްމަދު ޝަޒައިމް
27 ޖޫން 2022 02:15
0

ލާދީނީ މީހުން ލިވާތުގެ ދިފާއުގައި ނުކުންނާނެކަން މާކުރިންވެސް އެނގޭ ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚު މިހެން ވިދާޅުވީ ޝޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޔާސީ އިސް މީހުންކަމަށް ތުހުމަތުކުރެވޭ ބަރަހަނާ ވީޑިއޯތަކާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސް ނުކުރެވޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ނިންމި ނިންމުމަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

ޝައިޚު ޒައިދު ވިދާޅުވީ އެއްޖިއްސުން ގުޅުންހިންގުން މަނާކުރުމަށް ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެކަމުގެ ދިފާއުގައި ލާދީނީ މީހުން ނިކުންނާނެކަމަށެވެ. އެމީހުންނަށް ވެގެންވާނަމަ ރާއްޖޭގައި އެއްޖިއްސުން ގުޅުން ހިންގުމަށް ކްލަބްވެސް ހަދާނެކަމަށް ޒައިދު ވިދާޅުވިއެވެ.

ލާދީނީ މީހުން ލިވާތުގެ ދިފާއުގައި ނުކުންނާނެކަން މާކުރިންވެސް އެނގޭ! އެކަމަކު އަޅުގަނޑު ހައިރާންވަނީ އެއްވެސް ކަހަލަ ލަދު ހަޔާތެއް މިފަދަ ލާދީނީ މީހުންގެ ނުހުންނާތީ! އެބައިމީހުންނަށް ވެގެންވަންޏާ މިރާއްޖޭގައި ލިވާތު ކްލަބްތައްވެސް ހަދާނެ! އެ ލެވެލްގައި ލާދީނީ މީހުން ތިބީ!

– ޒައިދު ވިދާޅުވިއެވެ.

ޝައިޚު ޒައިދު ވިދާޅުވީ ރާއްޖޭގެ ބައެއް ސިޔާސީ މީހުންގެ ކޮއްކޮ އިންނާއި، ސިޔާސީ މީހުންގެ ފިރިހެން ދަރީންނަކީ ފިރިހެނުންގެ ފަހަރުން ދުވާބަޔަކަށް ވެފައިވާކަމަށެވެ. މިއީ ދުނިޔެވީ އެންމެ ނަޖިސް މުޑުދާރު ޢަމަލަށްވާއިރު މިކަމުން އެންމެހައި ދިވެހި ރައްޔިތުން ރައްކަތެރި ވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.

ބައެއް ސިޔާސީންނާއި، ބައެއް ސިޔާސީންގެ ކޮއްކޮ އިންނާއި، ބައެއް ސިޔާސީންގެ ދަރިންނަކީ ފިރިހެނުން ފަހަތުން ދުވާބައެކެވެ. އެންމެހާ ފިރިހެނުންނޭވެ. މި ލޫތު ބާގާއިގެ މީހުންނަށް ރައްކާތެރިވާށެވެ! ފިރިހެނަކު ޝަހުވަތާއެކު އެހެން ފިރިހެނުން ފަހަތުން ދުވުމަށްވުރެ ނަޖިސްއަމަލެއް ނެތެވެ!

– ޒައިދު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުގެ ތެރޭގައި ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުކަމަށް ބެލެވޭ މީހަކު ބިދޭސީއަކާ އެކު އެއްޖިންސުން ގުޅުން ހިންގާކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ހިމެނެ އެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މީގެ އުތުރުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ޕީޖީ ލީޑަރު ހުސެއިން ޝަހީމްގެ ފޮޓޯތަކެއްވެސް ދަނީ ދައުރު ވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.